ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލްގެ ތެރޭގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާލައިނެއްގެ މުވައްޒަފުންތަކަކާއި ބިދޭސީއަކާ ދެމެދު ހިންގި މާރާމާރީގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހެނދުނު ހިންގި އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މަރާމާރީ ހިންގީ ރާއްޖެ އައި ފަތުރުވެރިއެއް ކަމެއް އަދި ބިޒްނަސް ވިސާގައި އައި މީހެއް ކަމެއް ސާފެއް ނުވެއެވެ.
މި މާރާމާރީއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީމީހާ ގޮސް ޖަހަނީ އެއާލައިން މުވައްޒަފެއްގެ މޫނުމަތީގައެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް ޖަހާ ތަން ވީޑިއޯ އިން ފެނެއެވެ.
އެ ބިދޭސީ މީހާ ހުއްޓުވަން އިތުރު ބަޔަކު މަސައްކަތް ކުރާ ތަން ވެސް ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!