މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މާލޭ ސިޓީ ކައުންސިލް

112 Stories filed
ގަލޮޅުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ސިޓީ ކައުންސިލުން އެ އަވަށުގައި ޕާކެއް ތަރައްގީކުރަނީ
Raajje

ގަލޮޅުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ސިޓީ ކައުންސިލުން އެ އަވަށުގައި ޕާކެއް ތަރައްގީކުރަނީ

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފި އެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުން ނެވެ. މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ. މި ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ […]

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑް ޔޫސް ޕްލޭން ނިމިގެން: މުޢިއްޒު
Raajje

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑް ޔޫސް ޕްލޭން ނިމިގެން: މުޢިއްޒު

މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕަލެޓުތައް ނެގޭނީ ލޭންޑްޔޫޒް ޕްލޭން ނިމިގެން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕަލެޓުތައް އެކިފަހަރުމަތިން ނަގަމުން އަންނަކަމަށާއި އެހެނަސް އެކަމުގައި ދެކޮޅަށް ވިސްނަންޖެހޭ ކަމަށެވެ. ޕަލެޓުތައް ނެގުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އެހެންނަމަވެސް އާންމު ރައްޔިތ...

މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި
Raajje

މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުގެ “މާލެ ފެހި” އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި އެވެ. ކާނިވާ ސަރަހައްދުގައި ގާއިމްކުރި “މާލެ ފެހި” އައުޓްލެޓް އާންމުންނަށް ހުޅުވާލާފައިވަނީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓެކެވެ. މި ރަސްމިއްޔާތުގައި މީޑިއާ އ...

މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފި
Raajje

މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފި

މާލޭ ސިޓީ ކައުންސިލުން އެ ސިޓީގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފިއެވެ. މާލޭގެ އާއްމު ސަރަހައްދުތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމަރާ ނިޒާމާއި އެ ސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކުރީ އެކަމަށް އެ ސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއާއިއެކު އެ ހަފްތާއެއްގެ ހުރިހާ ދުވަހަކުވެސް ސަރަހައްދުގެ ސެކިއުރިޓީ 24 […]

އެއްބަސްވުން އާ ނުކޮށް ސިޓީ ކައުންސިލުން އަމިއްލައަށް ހިދުމަތް ދޭން ނިންމުމުން ވެމްކޯގެ ކަންބޮޑުވުން
Raajje

އެއްބަސްވުން އާ ނުކޮށް ސިޓީ ކައުންސިލުން އަމިއްލައަށް ހިދުމަތް ދޭން ނިންމުމުން ވެމްކޯގެ ކަންބޮޑުވުން

މާލެ އާއި ވިލިމާލޭގެ މަވުތަކާއި އާއްމު ތަންތަން ސާފު ކުރުމަށް ވެމްކޯއާއެކު މާލެ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން އާ ނުކޮށް އެ ހިދުމަތް ކައުންސިލުން އަމިއްލައަށް ދޭން ނިންމުމުން ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސިޓީ ކައުންސިލުން މިގޮތްށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ ކައުންސިލްގެ ރަސްމީ ޖަލްސާގައެވެ. އެގޮތުން ވެމްކޯއާ ހަވާލުކޮށްގެން ކުނި ނަގާނަމަ ހަރަދު ބޮޑުކަމަށާއި އަމިއްލައަށް ކުރުމުން މިހާރު ކުރާ ހަރަދުގެ ދެބައިކުޅަ އެއްބައި ސަލާމަތްވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި ނިންމ...

މާލޭގައި 335 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ހަދައިފި
Raajje

މާލޭގައި 335 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ހަދައިފި

މާލެ ސިޓީ ކައުންސިލުން، މާލެ ސިޓީގައި އިތުރު ޕާކިން ޒޯނެއް ހަދައިފިއެވެ. މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ޕާކިން ޒޯނަކީ، މާލޭގައި މިނީ ބަހުގެ އޮޕަރޭޝަންތައް ހިންގުމަށް މަގުތަކުން ޖާގަ އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ. މި ޕާކިން ޒޯނު ހަދާފައި ވަނީ އަމީނީ މަގު މާފަންނު ދަނޑުތައް ހުންނަ ސަރަހައްދުގައެވެ. އަދި އަލަށް ހެދި މި ޕާކިން ޒޯނުގައި 335 ސައިކަލު ޕާކް ކުރެވޭނެ ޖާގަ […]

މާލެ ސިޓީ ކައުންސިލުން ބޭއްވި ދެ މުބާރާތެއްގެ ނަތީޖާ ފާޅުކޮށްފި
Raajje

މާލެ ސިޓީ ކައުންސިލުން ބޭއްވި ދެ މުބާރާތެއްގެ ނަތީޖާ ފާޅުކޮށްފި

މިދިޔަ ރޯދަމަހާއި ދިމާކޮށް މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. މި ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާ ބާއްވާފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. މި ހަފްލާގައި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުން ވަނަވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ވަނީ 293 ކުދީން ބައިވެރިވެފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 168 ކުދީން އަދި ނުބަލައި […]

ޚިޔާލު ތަފާތުވުން ހުއްޓަސް މާލޭގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އެއްބާރުލުން ދޭނަން: މުޢިއްޒު
Raajje

ޚިޔާލު ތަފާތުވުން ހުއްޓަސް މާލޭގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އެއްބާރުލުން ދޭނަން: މުޢިއްޒު

ޚިޔާލު ތަފާތުވުން ހުރިނަމަވެސް މާލޭ ސިޓީގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އުފަލާއެކީ އެއްބާރުން ދެއްވާނެކަމަށް  މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށްފަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަ...

ކާނިވާ ސަރަހައްދުގައި ގައު އެތުރަމާއި ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާއަކާ ގުޅުމެއްނެތް: މާލެ ސިޓީ ކައުންސިލް
Raajje

ކާނިވާ ސަރަހައްދުގައި ގައު އެތުރަމާއި ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާއަކާ ގުޅުމެއްނެތް: މާލެ ސިޓީ ކައުންސިލް

ކާނިވާ ސަރަހައްދުގައި ގައު އެތުރަމާއި ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާއަކާ ގުޅުމެއްނެތް ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލްގެ ވެހިކަލްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަަމަށް ތުހުމަތުކޮށް ފޮޓޯތަކަކާއެކު އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ނައިބު ރައީސް ހުސައިން ޝިފާއު މިއަދު ވަނީ ޓްވީޓެއް ކޮށްފައެވެ. ޝިފާއުގެ ޓްވީޓްގައި ހިމެނޭ ފޮޓޯތަކާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލެ ސިޓީގައި މިނީބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރ...

މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް ފަށައިފި
Raajje

މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް ފަށައިފި

މާލެ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންނާއި ދެމެދު ވެފައިވާ ސްޕެޝިއަލް ކޮންސްޓެބިއުލަރީ ސަރވިސް ޤާއިމުކުރުމުގެ އެއްބަސްވުމުގެ ދަށުން މިއަދު އެ ޙިދުމަތް މާލޭގައި ފަށައިފިއެވެ. މާލެ އާއި ވިލިމާލެ މޮނިޓަރ ކުރުމަށްޓަކައި ކުރިއަށް ގެންދާ މި ހިދުމަތް މިއަދު ފަށާފައި ވަނީ ސާޅީސް ފުލުހުންނާއިއެކު އެވެ. މި ޚިދުމަތުގެ ދަށުން ކަންކަން ބެލުމަށްފަހު މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ، ނުރައްކާވާގޮތަށް ހަދާ އިމާރާތް ތަކާއި، އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި، ބެލްކަނީތަކުގަޔާއި އަދި ގޭގޭގެ ފާރުމަތީގައި ތ...

"މާލޭގެ އެންމެ ނިކަމެތި މީހާއަށް އެންމެ އިސްކަންދެވޭ ގޮތަށް ގޯތި ދިނުމުގެ ކަންތައް ކުރިއަށް ދާން ބޭނުންވޭ"
Raajje

"މާލޭގެ އެންމެ ނިކަމެތި މީހާއަށް އެންމެ އިސްކަންދެވޭ ގޮތަށް ގޯތި ދިނުމުގެ ކަންތައް ކުރިއަށް ދާން ބޭނުންވޭ"

މާލޭ ސިޓީ ކައުންސިލުން ބޭނުން ވަނީ މާލޭގެ އެންމެ ނިކަމެތި މީހާއަށް އެންމެ އިސްކަންދެވޭ ގޮތަށް މިހާރު ހުޅުވާލެވިފައިވާ ގޯތި ދިނުމުގެ ކަންތައް ކުރިއަށް ދާންކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މާލޭ ސިޓީ ކައުންސިލްގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި މާލޭގެ ރައްޔިތުންނާ މުޚާތަބުކުރަށްވާ މޭޔަރު މިރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ލިބެންވާނީ ހިލޭކަމަށް ސިޓީ ކައުންސިލުން ފެށުނިއްސުރެ ވަކާލާތު ކުރަމުން އަންނަކަމަށެވެ. އަދި އެކަން އެ...

މަގު ހެދުމުގެ މަޝްރޫއު އަތުލީ ލާމަރުކަޒީ ޤާނޫނާއި، މާލިއްޔަތު ޤާނޫނާއި ޚިލާފަށް: މުޢިއްޒު
Raajje

މަގު ހެދުމުގެ މަޝްރޫއު އަތުލީ ލާމަރުކަޒީ ޤާނޫނާއި، މާލިއްޔަތު ޤާނޫނާއި ޚިލާފަށް: މުޢިއްޒު

މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަމަ މުގުރާލައި، ލާމަރުކަޒީ ޤާނޫނާއި އަދި މާލިއްޔަތުގެ ޤާނޫނާއި ވެސް ޚިލާފަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޭޔަރު ވަނީ އެ މަޝްރޫޢު ސިޓީ ކައުންސިލްގެ އަތުން އަތުލައި، އާރްޑީސީއާއި ބޮޑު އަގެއްގައި ހަވާލު ކުރުމަކީ ބޮޑު އިސްރާފެއްކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއީ ކޮރަޕްޝަންގެ ޢަމަލެއ...

ނަހުލާ ދެއްކެވީ ދޮގު ވާހަކަ، ކައުންސިލުން ވިލިމާލެއަށް އިހުމާލެއް ނުވާނެ: މޭޔަރު
Raajje

ނަހުލާ ދެއްކެވީ ދޮގު ވާހަކަ، ކައުންސިލުން ވިލިމާލެއަށް އިހުމާލެއް ނުވާނެ: މޭޔަރު

މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ މީސްމީޑިއާގައި ދައްކަވަމުން ގެންދަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، ސިޓީ ކައުންސިލުން ވިލިމާލެއަށް އިހުމާލެއް ނުވާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މޭޔަރު މިހެން ވިދާޅުވީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 58 ވަނަ ރަސްމީ ޢާންމު ޖަލްސާގައި، ނަހުލާގެ ޝަކުވާ ކުރައްވާ ކައުންސިލަރަކު ދެއްކެވި ވާހަކައަކާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ކައުންސުލަރު […]

ބިދޭސީން ބައިތިއްބާތީ މާރުކޭޓުތަކުން 50 ގޮޅި ބަންދުކޮށްފި
Raajje

ބިދޭސީން ބައިތިއްބާތީ މާރުކޭޓުތަކުން 50 ގޮޅި ބަންދުކޮށްފި

މާރުކޭޓުތަކުގައި ގޮޅިތައް ބެލެހެއްޓުމަށް ބިދޭސީން ބޭތިއްބުން މަނާކޮށްފައިވަނިކޮށް އެކަން އެގޮތަށް ކުރާ 50 ގޮޅިއެއް ބަންދުކޮށްފިއެވެ. މާލެ ތެރޭގައި ބިދޭސީން ވިޔަފާރި ގޮޅިތައް ހިންގުން އާންމުވެފައިވާތީ އެކަން މަނާކޮށް ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓްރީން އުސޫލެއް ނެރުނީ 2020 ވަނަ އަހަރުއެވެ. މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އުސޫލާ ހިލާފުވެ ގޮޅިތަކުގައި ބިދޭސީން ބައިތިއްބާފައިވާތީ 50 ގޮޅިއެއް ވަނީ ބަންދުކޮށްފައެވެ. އަދި އެ ގޮޅިތަކުގެ ވެރިން ޖޫރިމަނާކޮށްފައިވެސް ވެއެވެ. ލޯކަލް މާރުކޭޓުގައި ބިދ...

ހަމަނުޖެހުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ފާޑުކިޔުން ފުލުހުންނަށް
Raajje

ހަމަނުޖެހުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ފާޑުކިޔުން ފުލުހުންނަށް

އިއްޔެ ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ފުލުހުންނަށް ފާޑު ކިޔައިފިއެވެ. ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތް ހުއްޓުވުމަށް އެތަނަށް ބަޔަކު ވަނީ ގަދަކަމުން ވަދެގަނެފައެވެ. ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ދަނޑަށް ވަން ބަޔަކު މުޅި ތަނުގައި ދުވެ ހަޅޭއްލަވާ މީހުންނަށް އަނިޔާވެސް ކޮށްފައިވާ މަންޒަރު ފެނުނެވެ. އެ […]