މާލެ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންނާއި ދެމެދު ވެފައިވާ ސްޕެޝިއަލް ކޮންސްޓެބިއުލަރީ ސަރވިސް ޤާއިމުކުރުމުގެ އެއްބަސްވުމުގެ ދަށުން މިއަދު އެ ޙިދުމަތް މާލޭގައި ފަށައިފިއެވެ.

މާލެ އާއި ވިލިމާލެ މޮނިޓަރ ކުރުމަށްޓަކައި ކުރިއަށް ގެންދާ މި ހިދުމަތް މިއަދު ފަށާފައި ވަނީ ސާޅީސް ފުލުހުންނާއިއެކު އެވެ.

Ad
rt

މި ޚިދުމަތުގެ ދަށުން ކަންކަން ބެލުމަށްފަހު މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ، ނުރައްކާވާގޮތަށް ހަދާ އިމާރާތް ތަކާއި، އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި، ބެލްކަނީތަކުގަޔާއި އަދި ގޭގޭގެ ފާރުމަތީގައި ތަކެތި ބެހެއްޓުންފަދަ ކަންކަމުގައި ގަވައިދާ ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ރައްޔިތުންނަށް އުނދަގޫ ފޯރާގޮތަށް ޢާއްމު ތަންތަނުގައި ތަކެތި ބަ ހައްޓައިގެން ވިޔަފާރިކުރުން އަދި މާލޭ ސިޓީގެ ޕާކްތަކުގައި ކުރުން މަނާކަމަށް އެތަންތަނުގައި ޢާއްމުކޮށްފައިވާފަދަ ޢަމަލުކުތައް ކުރުމުން ފިޔަވަޅުއެޅުން ހިމެނެއެވެ.

މި ޚިދުމަތް ފެށުމާއި ގުޅިގެން ފުލުންގެ ފަރާތުން ހަވާލުވެގެން ހުންނެވި، އިންސްޕެކްޓަރ މުހައްމަދު ލުތުފީ ވިދާޅުވެފައި ވަނީ، މި މައްސަކަތަކީ ކުރިންވެސް ފުލުހުން އިސްވެ ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށާއި، އެކަމަކު އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި އޮތް މުހިއްމު މަސަކަތެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން އިސްވެ އަނެއްކާވެސް މިމަސައްކަތް ކުރަން ފުލުހުންނަށް ހުށަހެޅުމަކީ ވަރަށް ވެސް ބޮޑު ލުއި ފަސޭހަތަކެއް ފުލުންނަށް އަދި އާންމުނަށްވެސް ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ސިޓީ ކައުންސިލުން ތިން ޚިދުމަތެއް ދޭން މިއަަދު ފަށާފައިވާ ކަމަށެވެ. މިގޮތުން ޕޮލިސް ކޮންޓެބިޔުލަރީގެ ޚިދުމަތުގެ އިތުރުން ކައުންސިލްގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ތަޢާރަފްކުރި "މާވެހި" ޕޯޓަލްގެ ޚިދުމަތް އަދި، "ގެދޮރުވެރިޔާ"އަދި"ބިންވެރިޔާ" ފޯމު ފުރުމުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ފަށާފައިވާ ކަން ވެސް މޭޔަރު ވަނީ ފާހަގަ ކުރަށްވާފައެވެ.

މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި "ސްޕެޝަލް ކޮންސްޓެބިއުލަރީ" ޚިދުމަތް ދިނުމަށްޓަކައި މާލެސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

މިކަން އިފްތިތާޙް ކޮށްފައިވަނީ 19 ޖުލައިގައި މާލެ ސިޓީ ކައުންސިލުން ބޭއްވި 2022 ވަނަ އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުމުގައެވެ.