މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މާލޭ ސިޓީ ކައުންސިލް

112 Stories filed
މިސްކިތްތައް ބަލަހައްޓަން ދިނީ އެއް މިލިއަން، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމުން ހިތާމަކުރަން: މާލޭ މޭޔަރު
Raajje

މިސްކިތްތައް ބަލަހައްޓަން ދިނީ އެއް މިލިއަން، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމުން ހިތާމަކުރަން: މާލޭ މޭޔަރު

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދެއްވި ފައިސާ އާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކަވާފައި ވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް މާލޭ މޭޔަރޔ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ...

މިސްކިތްތަކުގެ މަރާމާތަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ: މާލެ ސިޓީ ކައުންސިލް
Raajje

މިސްކިތްތަކުގެ މަރާމާތަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ އާބާތުރަ ފިލުވަމުންގެންދާ މިސްކިތްތައް މަރާމާތު ކުރުމަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ ދެ ދުވަހުން 7،44،713.90 ރުފިޔާ ވަނީ ލިބިފައެވެ. މި ހަރަކާތާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔާތީ ސިޓީ […]

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯނެއް
News

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯނެއް

މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި މާލޭގައި ހުރި މިސްކިތްތައް އަންނަ ރަމަޟާން މަހަށް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް ޓެލެތޯނެއް ބާއްވަން އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި ޓެލެތޯން ބާއްވަން ނިންމާފައި ވަނީ އަންނަ ހަފުތާ ބަންދުގައެވެ. މިގޮތުން ޖެނުއަރީ 6 އަދި 7 ގައި މި ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުން […]

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި
Raajje

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ތެރޭގައި މަގުމަތީގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ވެސް އެ މަސައްކަތް ފެށުމަށްފަހު، ވަނީ ހުއްޓާލާފަ އެވެ. އެކަމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެގޮތަށް ޕެލެޓު ބަހައްޓާފައި ހުންނަނީ ގޭގެއަށް ވަނުމަށް ފަސޭހައަކަށް ކަމަށާއި އެ ދަތިތަކަށް ހައްލެއް ހޯދައިދި...

މާލެ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

މާލެ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ. އެ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އެ މުބާރާތް މިއަހަރުގެ ރަމަޟާން މަހު ވެސް އޮންނާނެ ކަމަށާއި މިއަހަރުގެ މުބާރާތް އޮންނާނީ އިތުރު ބަދަލުތަކާއެކުގައި ކަމަށެވެ. އަދި ރަނގަޅު އިނާމުތަކެއް ވެސް ލިބޭނެ ކަމަށެވެ. މިއަހަރުގެ މުބާރާތުގައި ވެސް އައު މޫނުތަކާއި ރީތި ހުށަހެޅުންތަކެއް ވެސް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. “މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1444” ގައި ބައިވެރިވުމަށް […]

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި
Raajje

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި

މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯއާ) އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި އެވެ. ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭ ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެ އެއްބަސްވުން އައު ނުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާލެ، ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައ...

އަހުމަދިއްޔާ ސްކޫލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި
Raajje

އަހުމަދިއްޔާ ސްކޫލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. އަހުމަދިއްްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ބައެއް ކައުންސިލަރުން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތުގައި އެސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް...

ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި
Raajje

ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި

މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ސޯޝަލް ހައުސިންގް ޔުނިޓް މަޝްރޫޢުގެ ދަށުން މާލެ ހިޔާ ސިނަމާލެ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުގެ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފާސްކުރީ އެ ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން ފާއިތުވި ދޮޅު އަހަރ...

ކައުންސިލުން ކުނި ނަގާނީ ހަމައެކަނި މަގުތަކާއި، ޕާކުތަކާއި އާންމު ސަރަހައްދުތަކުން: މުޢިއްޒު
Raajje

ކައުންސިލުން ކުނި ނަގާނީ ހަމައެކަނި މަގުތަކާއި، ޕާކުތަކާއި އާންމު ސަރަހައްދުތަކުން: މުޢިއްޒު

މާލޭ ސިޓީ ކައުންސިލުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭގެ މަގުތަކާއި، ޕާކުތަކާއި، ފަޅާއި އަދި އާންމު ސަރަހައްދުތަކުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުއިއްޒު މިހެން ވިދާޅުވީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 26 ގައި ހަމަވާއިރު، އެ އެއްބަސްވުން އާ ނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައި، މާލެ ސަރަހައްދުން ކުނި ނެގުން ސިޓީ ކައުންސިލުން ކުރިއަށް […]

ވޭތިވެދިޔަ ދޮޅު އަހަރު މާލޭ ސިޓީ ކައުންސިލުން 407 މަގެއް މަރާމާތުކޮށް، 283 ރޭމްޕް ހަދައިފި
Raajje

ވޭތިވެދިޔަ ދޮޅު އަހަރު މާލޭ ސިޓީ ކައުންސިލުން 407 މަގެއް މަރާމާތުކޮށް، 283 ރޭމްޕް ހަދައިފި

ވޭތިވެދިޔަ ދޮޅު އަހަރު މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދު ތަކުގައި 283 ރޭމްޕް ހަދައި، މާލޭގެ 407 މަގު މަރާމާތުކޮށްފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެ އެވެ. ފައިބެއަހަރުގެ މެއި 17 އިން މިއަހަރުގެ ނޮވެމްބަރ 17 އަށް އެ ކައުންސިލުން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި މަޝްރޫއުތަކާއި ހަރަކާތްތަކާއި ކޮށްފައިވާ މުނިސިޕަލް / އިދާރީ މަސައްކަތްތަކުގެ ތަފްސީލުގައިވާ ގޮތުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ތަކުގެތެރޭގައި މަގުތަކުގައި ދުއްވާ އެއްޗިއްސަށް ދުއްވަން އުނދަގޫވުމާއި، ދުއްވާ އެއްޗ...

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ''ސްޓާފް ނައިޓް'' ބާއްވައިފި، މޭޔަރުގެ ތައުރީފް މުވައްޒަފުންނަށް
Raajje

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ''ސްޓާފް ނައިޓް'' ބާއްވައިފި، މޭޔަރުގެ ތައުރީފް މުވައްޒަފުންނަށް

ކައުންސިލްގެ މުވައްޒަފުންނަކީ ހަމަ އެކަނި މުވައްޒަފުންނޫން ކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ސްޓާފް ނައިޓް ގައި ވާހަކަ ދައްކަވަމުން ނެވެ. މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ރަށްވެހިކަމުގެ ހިދުމަތް ދިނުމުގައި ރެއާދުވާލު އަވަދިނެތި އެއްވެސް ވަރުބަލިކަމެއްނެތި ވަރަށް ހިތްވަރާއިއެކުމަސައްކަތް ކުރަމުންދާ ހާދިމުންތަކެއް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި...

ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރިވެއްޖެ
Raajje

ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރިވެއްޖެ

ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސް 2022 ގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ އެވެ. ސްޕޭނުގެ ބާސަލޯނާގައި ކުރިއަށްދާ މި ކޮންގްރެެސް ފެށީ އިއްޔެ އެވެ. މި ބައްދަލުވުމުގައި އެ ކައުންސިލްގެ ފަރާތުން ބައިވެރިވެލައްވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު އެވެ. މި ބައްދަލުވުމުގައި މިއަދު އޮތް ދަންފަޅިތަކުގައި ވަނީ އެ ކައުންސިލްގެ މިދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުވާލައްވާފަ އެވެ. އަދި ދުނިޔޭގެ ތަފާތު 70 ޤައުމަކުން […]

ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ، ފާރެއް ރާނައިފި
Raajje

ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ، ފާރެއް ރާނައިފި

މާލޭގެ އިރުމަތި ފަރާތުގެ ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ، ފާރެއް ރާނައިފި އެވެ. މާލެ ސިޓީގެ މޭޔަރު ޑރ މުޙައްްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީ ކައުންސިލުން އިމާރަތް ކުރި ފާރުގެ ފޮޓޯތަކެއް ވަނީ ހިއްސާކުރައްވާފަ އެެވެ. ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަޙައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދަކަށްވާއިރު، މިދުވަސްވަރު ވެސް ދަނީ އުދަ އަރަމުން ނެވެ. އަދި އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެސަރަހައްދު އަންނަނީ ސާފުކުރަމުން […]

ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިން ޒޯނުގައި 226 ސައިކަލަށް ޕާކު ކުރެވޭނެ: މޭޔަރު
Raajje

ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިން ޒޯނުގައި 226 ސައިކަލަށް ޕާކު ކުރެވޭނެ: މޭޔަރު

ކުރީގެ ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިންގ ޒޯނުގައި 226 ސައިކަލަށް ޕާކު ކުރެވޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އޭނާ މިއަދު ކުރައްވާފައިވާ ޓްވީތެއްގައި ވިދާޅުވީ “ހުރަވީ ބިލްޑިން ހުރި ބިމުގައި ކުރަހަނީ 226 ސައިކަލުގެ ޕާކިން ޒޯނެއް” ކަމަށެވެ. މިކަމާއިގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ (ނަންނަ) ވިދާޅުވީ އެއްވެސް ޒޯނެއްގައި ޕާކުކުރާ ސައިކަލު ނުވަތަ ދެފުރޮޅުލީ އުޅަނދުތަކުން ފީ އެއް […]

މާލޭ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން އޮކްޓޯބަރު 25 ގައި
Raajje

މާލޭ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން އޮކްޓޯބަރު 25 ގައި

މާލޭ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން 25 އޮކްޓޯބަރުގައި ބޭއްވުމަށް ނިންމަވައިފި އެވެ. އެ ކައުންސިލުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ގަލޮޅުގައި ތަރައްޤީކުރާ ޕާކާއިގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާގަ އެވެ. މިއަދުގެ ޖަލްސާގައި މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޫސުންތަންދޭނަމަ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ޞަލާޙުއްދީ...