Skip to main content
Topic Archive

#މަކުނުދޫ ކައުންސިލް

89 Stories filed
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ހޮނިހިރު ދުވަހުގެ މެޗުތައް ހޫނުވެ، ރީންދޫކާޑުތަކާއި ރަތްކާޑެއް
Thiladhunmathi News

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ހޮނިހިރު ދުވަހުގެ މެޗުތައް ހޫނުވެ، ރީންދޫކާޑުތަކާއި ރަތްކާޑެއް

މަކުނުދޫ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ އިއްޔެގެ މެޗުތައް ފޯރިގަދަވެ، ރީނދޫކާޑުތަކާއި، ރަތްކާޑެއް ދައްކަން ޖެހުނެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ މެޗުތަކުން، އިއްޔެ  ރޯނު އެފްސީއާއި ދަގަތަ އެސްސީ ކުޅުނު މެޗަކީ މިހާތަނަށް މި މުބާރާތުގައި ކުޅުނު އެންމެ ހޫނު އަދި ފޯރިގަދަ މެޗެވެ. މި މެޗުގައި ގިނަ އަދަދަކަށް ރީނދޫ ކާޑު ދައްކާ، ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ. މި މެޗު ރޯނު އެފްސީން ކާމިޔާބު ކުރީ 2-4 […]

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ދުވަހުގެ އެންމެ ވާދަވެރި މެޗުގައި ހޭޅި އަދި ދަގަތަ އެފްސީ
Thiladhunmathi News

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ދުވަހުގެ އެންމެ ވާދަވެރި މެޗުގައި ހޭޅި އަދި ދަގަތަ އެފްސީ

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ގެ ބުރާސްފަތި ދުވަހުގެ މެޗުތަކުން އެންމެ ވާދަވެރި ވެގެން ދިޔައީ އަންހެން ޑިވިޜަންގެ ހޭޅި އަދި ދަގަތަ އެފްސީން ކުޅުނު މެޗެވެ. ރޭ ކުޅުނު މި  މެޗުގައި، ދެ ފަރާތުގެ ގޯލަށް ވެސް ހޫނު ހަމަލާތަކެއް އަމާޒުކޮއްފައިވެއެވެ. އަދި މިއީ ދުވަހުގެ އެންމެ ފޯރިގަދަ މެޗެވެ. މި މެޗު، ދަގަތަ އެފްސީން ކާމިޔާބު ކުރީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. 2-3ގެ ނަތީޖާއިން  ދަގަތައަށް ކުރި ލިބިފައިވާއިރު، މޮޅު […]

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ބުދަ ދުވަހުގެ މެޗުތަކުން ތަފާތު ބޮޑު މޮޅުތަކެއް
Thiladhunmathi News

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ބުދަ ދުވަހުގެ މެޗުތަކުން ތަފާތު ބޮޑު މޮޅުތަކެއް

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ގެ އިތުރު ހަތަރު މެޗެއް އިއްޔެ ކުޅެފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޒައިޒީން 1-1 އިން އެއްވަރުވީ ނަމަވެސް، އިއްޔެ އިހްވާން ޖޫނިއާ އާ ދެކޮޅަށް ކުޅުނު މެޗު 1-8ގެ ބޮޑު ތަފާތަކުން ޒައިޒީން ވަނީ ކުރިހޯދާފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒައިޒީގެ ޖާޒީ ނަންބަރު 8 އާމިނަތު ޒާހިޔާއެވެ. މި މެޗުގައި ޒާހިޔާ ވަނީ ޒައިޒީއަށް 3 ގޯލު ކާމިޔާބުކޮއްދީ ހެޓްރިކް ފުރިހަމަކޮއްފައެވެ. މީގެއިތުރުން އިއް...

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ފޯރިގަދަ 4 މެޗާއެކު މުބާރާތް ފަށައިފި
Thiladhunmathi News

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ފޯރިގަދަ 4 މެޗާއެކު މުބާރާތް ފަށައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ފަށައިފިއެވެ. ގިނަ ޓީމުތަކެއް ވާދަކުރާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޯނު އެފްސީ އަދި އިހްވާން އެފްސީ ބައްދަލު ކުރި އިރު، މި މެޗު، 1-11ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ރޯނު އެފްސީއެވެ. މި މެޗުގައި އެ ޓީމުގެ ޒިދާން އަޙްމަދު […]

މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި
Thiladhunmathi News

މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި

ހދ. މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިކަން މި ގޮތަށް ނިންމާފައިވަނީ، ރަށުގެ އެކި ހިސާބުތަކުގައްޔާއި، ސާފުކުރާ ގެވަޅުތަކުގައި، ކުނި އަންދަމުންދާތީ، އެކަން އާންމުންގެ އުނދަގުލަކަށްވެ، ޝަކުވާ ލިބެމުންދާތީއެވެ. އެހެންކަމުން، ރަށުގެ އެއްވެސް ސަރަޙައްދެއްގައި ކުނި އަންދާނަމަ، އުޞޫލުގެ މަތިން ފިޔަވަޅުއަޅައި، ޖޫރިމަނާ ކުރެވޭނެކަމަށް ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. މަ...

ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްޞަ ސެޝަނެއް މަކުނުދޫ ބެލެނިވެރިންނަށް ބާއްވަނީ
Thiladhunmathi News

ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްޞަ ސެޝަނެއް މަކުނުދޫ ބެލެނިވެރިންނަށް ބާއްވަނީ

ހދ.މަކުނުދޫ ބެލެނިވެރިންނަށް ޢަމާޒުކޮއްގެން، ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ. މަކުނުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(އތމ) ގުޅިގެން ކުރިއަށް ގެންދާ މި ސެޝަނަކީ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް އަޙުލުވެރި ކުރުމުގެ މަޤްޞަދުގައި ބާއްވާ ސެޝަނެކެވެ. މި ސެޝަންގެ މުދައްރިބް، އައްޝައިޙް އަޙްމަދު ރިފްޢަތު “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނީ، އިސްލާމީ ތަރުބިއްޔަތުގެ މުޙިއ...

މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ބާއްވައިފި
Thiladhunmathi News

މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ބާއްވައިފި

ހދ.މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ ގުރުއަތުލުމުގެ ހަރަކާތް ބާއްވައިފިއެވެ. އެ ރަށު ކާނިމާލަމުގައި ބޭއްވި މި ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ މެދުގައި ގުރުއަތުލައިފައިވެއެވެ. އެ ގޮތުން 15 ސެޕްޓެމްބަރ 2026ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ ދުވަހު ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ދުވަހުގެ ހަވީރު ރޯނު އަދި އިހްވާންގެ މެޗަށް ފަހު އެރޭ ކުޅުމަށް ހަމަޖެހިފައިވަނީ އިހްވާން ޖޫނިއާސް އާއި އިހްވާން އެސްސީއެވެ. އޭގެ އިތުރުން ވެސް […]

''މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026''ގެ ގުރުއަތުލުން މާދަމާ ރޭ
Thiladhunmathi News

''މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026''ގެ ގުރުއަތުލުން މާދަމާ ރޭ

ހދ.މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ ގުރުއަތުލުމުގެ ހަރަކާތް ބާއްވަން ނިންމައިފިއެވެ. މަކުނުދޫ ކައުންސިލުން މި މުބާރާތް ރާވާ އިންތިޒާމް ކުރުމަށް ހަވާލުކޮށްފައިވާ، ކިމްސް މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ މެދުގައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 31 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ ރޭ 8:30 އެވެ. ގުރުއަތުލުން އޮންނާނީ އެ ރަށު ކާނިމާލަމުގައެވެ. މި ހަރަކާތަށްފަހު، މުބާރާތުގެ މެޗްތަކުގެ ޝެޑިޔުލް އާންމުކުރާނެ ކަމަށް ވެސް ކިމްސް މޯލް...

މަކުނުދޫ ކައުންސިލުން ބާއްވާ މާމަކުނުދޫ ފުޓްސަލް ޗެލެންޖް ސެޕްޓެމްބަރުގައި ފަށަނީ
Thiladhunmathi News

މަކުނުދޫ ކައުންސިލުން ބާއްވާ މާމަކުނުދޫ ފުޓްސަލް ޗެލެންޖް ސެޕްޓެމްބަރުގައި ފަށަނީ

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “މާމަކުނުދޫ ފުޓްސަލް  ޗެލެންޖް 2026” އަންނަ ސެޕްޓެމްބަރު 15 ގައި ފަށަން ތާވަލުކޮށްފިއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް މަކުނުދޫ ކައުންސިލުން “މާމަކުނުދޫ ފުޓްސަލް  ޗެލެންޖް 2026” ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައ،ި މި އަހަރުގެ މުބާރާތް ހިންގުމަށް ބިޑް ކާމިޔާބު ކޮއްފައިވަނީ “ކިމްސް މޯލްޑިވްސް”އެވެ. ކިމްސް މޯލްޑިވްސް އިން “ތިލަދުން”އަށް މައުލޫމާތު ދިން ގޮތުގައި “މާމަކުނުދޫ ފުޓްސަލް  ޗެލެންޖް 2026” ފެށުމަށް...

ރައްކާތެރިގޮތުގައި ކުނި އުކާ މަކުނުދޫ ރައްޔިތުންނަށް ކައުންސިލުން އެވޯޑް ދެނީ
Thiladhunmathi News

ރައްކާތެރިގޮތުގައި ކުނި އުކާ މަކުނުދޫ ރައްޔިތުންނަށް ކައުންސިލުން އެވޯޑް ދެނީ

ހދ.މަކުނުދޫގައި އެންމެ ރަނގަޅު ގޮތުގައި ކުނިއުކާ ފަރާތްތަކަށް، އިނާމް ދިނުމުގެ ޕްރޮގްރާމެއް ތަޢާރަފް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ގޭބިސީތަކުގައި ކުނި ވަކިކުރުމަށް، ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން، އެންމެ ރަނގަޅަށް ކުނި ވަކިކޮއްފައިވާ ފަރާތްތައް ފާހަގަކޮށް، ” ވެށިސާފު އެވޯޑް ” ގެ ނަމުގައި އެވޯޑް ދިނުމަށް ކައުންސިލްގެ އާއްމު ބައްދަލްވުމުގައި ނިންމާފައިވާކަމަށް އެ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. ކައުންސިލްގެ ކުރިއަށް އޮތް އާއްމު ބައްދަލުވުމުގައި “ވެށިސާފު” އެވޯޑު ދިނުމ...

ފެންބޯ ހުރާއިން މަކުނުދޫ ރައްޔިތުންނަށް ދަރާއި ފަން އަދި ކާށި ދޫކުރަން ފަށައިފި
Thiladhunmathi News

ފެންބޯ ހުރާއިން މަކުނުދޫ ރައްޔިތުންނަށް ދަރާއި ފަން އަދި ކާށި ދޫކުރަން ފަށައިފި

ހދ. ފެންބޯ ހުރާއިން، ދަރާއި ފަން އަދި ކާށި، މަކުނުދޫގެ ރައްޔިތުންނަށް ދޫކުރާ ގޮތަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މަކުނުދޫ ކައުންސިލްއިން ނެރުނު އިޢުލާނުގައި، ދަރާއި ފަން އަދި ކާށި ދޫކުރާ އުޞޫލްތައް ބަޔާންކޮއްފައިވެއެވެ. އެ ގޮތުން: ދަރުގެ ގޮތުގައި ދޫކުރެވޭނީ ފަލަ މިނުގައި ހަ އިންޗިއަށްވުރެ ފަލަ ނޫން، ގަސްގަހުގެ ހިކިފައި ހުންނަ ގޮފި ރޯފަންކެނޑުމާއި ރޯދަރު ކެނޑުމަކީ މަނާކަމެއް ހޭޅިފަށުން އެއްވެސް ބާވަތެއްގެ ދަރެއް ކެނޑުމަކީ މަނާކަމެއް (ހޭޅިފަށް ކަމުގައި އެ ބަލާނީ […]

މަކުނުދޫ ވެށިސާފުން ބޮނބިކުނޑިއާއި ބިއްލޫރިވެލި ވިއްކައި، ކައުންސިލުން ހިލޭ ކޫޑިބޭސް ދޫކުރަނީ
Thiladhunmathi News

މަކުނުދޫ ވެށިސާފުން ބޮނބިކުނޑިއާއި ބިއްލޫރިވެލި ވިއްކައި، ކައުންސިލުން ހިލޭ ކޫޑިބޭސް ދޫކުރަނީ

ހދ މަކުނުދޫގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީ ( ވެށިސާފު) އިން ބޮނބިކުނޑި އަދި ބިއްލޫރި ވެލި ވިއްކަން ފަށައިފިއެވެ. މަކުނުދޫ ކައުންސިލް އިދާރާއިން ހާމަކުރި ގޮތުގައި 23 އޯގަސްޓް 2026ވާ އާދިއްތަ ދުވަހުން ފެށިގެން ރައްޔިތުންނަށް މި ތަކެތި މެޓީރިއަލް ރިކަވަރީ ފެސިލިޓީން ގަންނަން ލިބޭނެއެވެ. އަގުތައް: ވެށިސާފު ބޮނބިކުނޑި: 1 ކިލޯ 4ރުފިޔާއަށް ވެށިސާފު ބިއްލޫރިވެލި: 1 ކިލޯ 1 ރުފިޔާއަށް މީގެއިތުރުން 20 އޯގަސްޓް 2026 (މިއަދު) އިން ފެށިގެން މަކުނުދޫ ކައުންސިލް އިދާރާއިން ވަނީ […]

މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން އެރަށަށް ރަޖިސްޓްރީވާން ހިތްވަރުދިނުމަށް އިނާމެއް ދެނީ
Thiladhunmathi News

މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން އެރަށަށް ރަޖިސްޓްރީވާން ހިތްވަރުދިނުމަށް އިނާމެއް ދެނީ

ހދ. މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން، އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ފައިސާގެ އިނާމަކާއި ގިފްޓް ޕެކެއް ދިނުމަށް މަކުނުދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މަކުނުދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ އަށްވަނަ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަނީ މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެކަން ކުރިއަ...

މަކުނުދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ދެ ޖިންސަށް، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

މަކުނުދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ދެ ޖިންސަށް، ބައިވެރިވާން ހުޅުވާލައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”ކައުންސިލް ފުޓްސަލް ޗެލެންޖެ 2026”ގައި ބައިވެރިވުމަށް ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން ބުނިގޮތުގައި މި ޗެލެންޖް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ޖިންސަށް ވެސް ފުރުޞަތު ދީގެންނެވެ. ކައުންސިލް އެކަށަހަޅާފައިވާ އުސޫލާއި އެއްގޮތަށް އައުޓް ސޯސްކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ފުޓްސަލް ޗެލެންޖް ފެށުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު 15 ގައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް ކައުންސިލް ފުޓްސަލް...

މަކުނުދޫގައި ކުނި މެނޭޖް ކުރުމުގައި ގައުމީ ފެންވަރުގައި ބޮޑު ކާމިޔާބެއް، 26 ޓަނުގެ ކުނި ފޮނުވާލައިފި
Thiladhunmathi News

މަކުނުދޫގައި ކުނި މެނޭޖް ކުރުމުގައި ގައުމީ ފެންވަރުގައި ބޮޑު ކާމިޔާބެއް، 26 ޓަނުގެ ކުނި ފޮނުވާލައިފި

ހދ. މަކުނުދޫގައި ޤާއިމުކޮށްފައިވާ ރީޖަނަލް މެޓީރިއަލް ރިކަވަރީ ފެސިލިޓީ މެދުވެރިކޮށް، އެ ރަށުގައި އުފެދުނު 26 ޓަނުގެ ކުނި ރިސައިކަލް ކުރުމަށްޓަކައި ފޮނުވާލައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ނިޒާމެއްގެ ދަށުން ކުނި މެނޭޖްކުރުމުގައި ހޯދުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މަކުނުދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ވޭތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި އެ ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ވަނީ ޤައުމީ ފެންވަރުގައި ބޮޑު ބަދަލެއް ގެނެވިފައެވެ. މަކުނުދޫގައި ހިންގާ މި ސެންޓަރަކީ މިވަގުތު ރާއްޖޭގ...