މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

192 Stories filed
ގަތަރު ސަފީރުކަމަށް އާދަމް ޝަރީފް، ޔޫއޭއީގެ ސަފީރުކަމަށް ތޯބެ ޢައްޔަނުކުރަށްވައިފި
Raajje

ގަތަރު ސަފީރުކަމަށް އާދަމް ޝަރީފް، ޔޫއޭއީގެ ސަފީރުކަމަށް ތޯބެ ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް (ޔޫއޭއީ) ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އާދަމް ޝަރީފު ޢުމަރެވެ. މީގެ އިތުރުން، އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކ...

ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
Raajje

ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ފިލިޕީންސް، ނެދަލެންޑްސް އަދި ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވި ތިން ރަސްމިއްޔާތެއްގައި މި ބޭފުޅުން ވަނީ ފަތްކޮޅު އަރުވާފައެވެ. ރިޕަބްލިކް އޮފް ފިލިޕީންސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް ފަތްކޮޅު އެރުވުމަށްފަހު ރައީސާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމ...

''ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއް''
Raajje

''ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއް''

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ މެންބަރަކަށް ރާއްޖެ ވީތާ 60 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އީކޯސޮކް) ގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވެފައިވާއިރު، އީކޯސޮކްގައި ރާއްޖެއަށް ލިބުނު ގޮނޑިއަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު ވަރުގަދަ ޕްލެޓްފޯމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސް ޑރ.މުޢިއްޒު މީސްމީޑިއާގައި ކު...

ރާއްޖެ ފުރަތަމަ ފަހަރަށް އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސްގެ މެމްބަރަކަށް
Raajje

ރާއްޖެ ފުރަތަމަ ފަހަރަށް އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސްގެ މެމްބަރަކަށް

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ އަހަރުގެ ދައުރަށް ދިވެހިރާއްޖެ މިއަދު އިންތިޚާބުވެއްޖެއެވެ. މިއީ 1965 ވަނަ އަހަރު ރާއްޖެ އދ. ގެ މެމްބަރަކަށް ވުމަށްފަހު، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި މި މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އދ. ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މި އިންތިޚާބުގައި ރާއްޖެއިން ގޮނޑި ކާމިޔާބުކުރީ 183 ގައުމެއްގެ ބޮޑު […]

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުހިންމު ހަތް ފަހުމުނާމާއެއް
Raajje

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުހިންމު ހަތް ފަހުމުނާމާއެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހަތް ފަހުމުނާމާއެއްގައި މިއަދު ބަދަލުކޮށްފިއެވެ. މި ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮލޮންބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގެންނެވިއެވެ. އެއްބަސްވުންތައް އެކުލެވިގެންވާ މައިގަނޑު ދާއި...

އިންޑިއާ އަށް 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި
Raajje

އިންޑިއާ އަށް 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި

އިންޑިއާގެ ރިޒާވް ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައްކާ ޚަލާސްކޮށްފިއެވެ. މި ލޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯނެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑު އެއްބާރުލުމެއް ދީފައެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާއިން […]

ޚާރިޖީ ވަޒީރު ޚަލީލު މަގާމުން ވަކިކޮށްފި
Raajje

ޚާރިޖީ ވަޒީރު ޚަލީލު މަގާމުން ވަކިކޮށްފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު މަގާމުން ވަކިކޮށްފި އެވެ. ޚަލީލް މަގާމުން ވަކިކޮށްފައިވާއިރު، އޭނާ އެ މަގާމުން ވަކިކުރި ސަބަބާއި ގުޅޭ ގޮތުން ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ. 18 ވަނަ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވި ޚަލީލަކީ މި ސަރުކާރުގެ ފުރަތަމަ ސިއްހަތާ ބެހޭ ވަޒީރެވެ. އަދި ދެ ވަނަ ޚާރިޖީ ވަޒީރެވެ. 17 ނޮވެމްބަރު 2023 ގައި ސިއްހީ ވުޒާރާގެ ވަޒީރުކަމަށް ޢައްޔަނުކުރި ޚަލީލް ޚާރިޖީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ […]

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި
Raajje

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި)، މޮރިޝަސްގެ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފޯޅަވަހީގެ ކުރިމަގާއި އެ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ އަދި ހައްގު މަސްލަހަތުތަކެއް އޮތްކަން ފާހަގަކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން، މި މައްސަލައިގައި ދިވެހިރާއްޖެއާއެކު އަލުން މަޝްވ...

ޔޫއޭއީގެ ސަފީރުކަމުން މުންދު ވަކިކޮށްފި
Raajje

ޔޫއޭއީގެ ސަފީރުކަމުން މުންދު ވަކިކޮށްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު މަގާމުން ވަކިކުރައްވައިފިއެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. މުންދުގެ އިތުރުން، މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިނ...

ދުނިޔޭގެ ހަމަޖެހުން ނަގާލާތީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައްވައިފި
Raajje

ދުނިޔޭގެ ހަމަޖެހުން ނަގާލާތީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައްވައިފި

ހައްދުފަހަނައެޅި ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވައި ޔަހޫދީންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލައިފި އެެވެ. ދިވެހިރާއްޖޭން މިކަމަށް ގޮވާލީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގަ އެވެ. ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. ޑރ. […...

ހަނގުރާމާގައި ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދޭނެކަމުގެ ޔަގީންކަންދީފި
Raajje

ހަނގުރާމާގައި ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދޭނެކަމުގެ ޔަގީންކަންދީފި

އެމެރިކާ އާއި އިސްރާއީލު ގުޅިގެން 28 ފެބްރުއަރީން ފެށިގެން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދޭނެކަމުކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ތަކުރާރުކުރަށްވައިފިއެވެ. މިކަން ހާމަކުރެއްވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އ...

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
Raajje

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އީރާނުގެ ސައުތު ޕާރްސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި މުޅި ސަރަހައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. ރާއްޖެއިން ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ މެދު ކަންބޮޑުވުން...

''ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް ދަނީ އަޅަމުން''
Raajje

''ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް ދަނީ އަޅަމުން''

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރު ރާސްތާ އަދި ދުރު ރާސްތާގެ ފިޔަވަޅުތައް އަޅަމުންދާކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެ...

ހާރިޖީ ވަޒީރުގެ އަރިހަށް ޔޫއޭއީގެ ސަފީރު ވަދާޢީ ޒިޔާރަތެއް
Raajje

ހާރިޖީ ވަޒީރުގެ އަރިހަށް ޔޫއޭއީގެ ސަފީރު ވަދާޢީ ޒިޔާރަތެއް

އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ.) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝައިޚް ރަޙްމާ ޢަބްދުއްރަޙްމާން އަލްޝަމްސީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. ޚާރިޖީ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްވަނީ، ސަފީރު އަލް ޝަމްސީ ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާ...

މެދުއިރުމަތީގައި ތިބި ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
Raajje

މެދުއިރުމަތީގައި ތިބި ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ ހުރިހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ. ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވަނީ މެދުއިރުމަތީގައި ފަށާފައި މިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ހަމަލާ އަމާޒުވަ...