ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަކީ އިޤުތިޞާދީ ގެއްލުން ކުޑަކުރުމަށް އެޅުނު ހިކުމަތްތެރި ފިޔަވަޅެއް: އަމީން
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުމަކީ، ހައްސާސް ޙާލަތެއްގައި އިޤުތިޞާދީ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ އަމިއްލަ ޤާބިލިއްޔަތު އިތުރުވެގެންދިޔަ ޙިކުމަތްތެރި ނިންމެވުމެއް ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދަ...