ވޯލްޑް ކަޕްގައި އެމްބާޕޭ 19 ވަނަ ލަނޑު ޖަހައި މެސީއާ ގާތަށް ޖެހިލައިފި
ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވޯލްޑް ކަޕްގައި އޭނާގެ 19 ވަނަ ލަނޑު ކާމިޔާބުކޮށް، އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއް ލަނޑަށް ގާތްކޮށްފިއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މުބާރާތުގެ ގަދަ 16 ގައި ހޮނިހިރު ދުވަހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މެޗުގެ 70 ވަނަ މިނެޓުގައި އެމްބާޕޭ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު، ޕެރަގުއޭގެ ޑިއޭގޯ […]