ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)ގެ ރައީސްކަމަށް، އެ އެސޯސިއޭޝަންގެ ރައީސްކަން ކުރިން ވެސް ކުރަށްވާފައިވާ، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު އިންތިޚާބުކޮށްފިއެވެ.
އެފްއޭއެމްގެ އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދިޔައީ ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުންނެވެ.
މި އިންތިޚާބުގައި އިތުރު ކެންޑިޑޭޓެއް ވާދަކޮށްފައިނުވާއިރު، ބޭއްވި މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްގެ 32 މެންބަރުންގެ އިއްތިފާގުން ތޯރިގްގެ އެކްސްކޯ ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމަށް އިންތިހާބު ކުރަން ވަނީ ފާސްކޮށްފައެވެ.
ޓޮމްގެ އެކްސްކޯ:
* ރައީސް: އަހްމަދު ތާރިޤް
* ސ. ވީޕީ: އަލީ އިބްރާހިމް (ނިއު)
* ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)، މުޖުތަބާ ޖަލީލް (ނިއު)
* އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)
* މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)
* އަޙްމަދު އައްބާސް (ޓީސީ)
* އަލީ ރިޒްވާން (ބީޖީ)
* އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު، ހައްވާ ރަޝީދާ
* އަބްދުﷲ ނާސިޙް
މިހާރު އެފްއޭއެމްގައި މެމްބަރު ކްލަބްތަކުގެ އަދަދަކީ އެއްވަނަ ޑިވިޒަންގެ 10 އަދި ދެވަނަ ޑިވިޒަންގެ 13 ކްލަބާ އެކު ޖުމްލަ 23 އެވެ. ޓޮމް މި އިންތިޚާބުގައި ވާދަކުރީ މި ހުރިހާ ކްލަބެއްގެ ވެސް ތާއީދާއެކުގައެވެ.
ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރުމަށް 6 ޖުލައި 2026 ގައި ފޯމު ހުށަހެޅުމަށްފަހު ވިދާޅުވީ، އޭނާ އެ މަގާމަށް ވާދަކުރަށްވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކުގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!