Skip to main content
Topic Archive

#އެންޓި ކޮރަޕްޝަން ކޮމިޝަން

17 Stories filed
ކޮރަޕްޝަނާ ދެކޮޅަށް ސްޓެލްކޯ އާއި އޭސީސީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއް
Business

ކޮރަޕްޝަނާ ދެކޮޅަށް ސްޓެލްކޯ އާއި އޭސީސީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއް

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާ...

ވޯޓާއި ގުޅިގެން ކޮރަޕްޝަންގެ ޢަމަލެއް ހިންގާނަމަ ރިޕޯޓްކުރުމަށް އެދިއްޖެ
Raajje

ވޯޓާއި ގުޅިގެން ކޮރަޕްޝަންގެ ޢަމަލެއް ހިންގާނަމަ ރިޕޯޓްކުރުމަށް އެދިއްޖެ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބާ ދިމާކޮށް، ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާނަމަ އެކަން ރިޕޯޓްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ. އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބުތަކުގައި ރިޝްވަތު ދިނުމާއި ހިފުމަކީ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު...

އެމްޓީސީސީގެ ފްލެޓް މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ
Raajje

އެމްޓީސީސީގެ ފްލެޓް މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލެޓް މައްސަލާގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ އާއި ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފިއެވެ. މި މައްސަލާގައި ދައުވާ ކުރުމަށް އެދިފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހް، ކުރީގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީ، އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބި ޙުސައިން ައިން ޒުހުރީ، މުޙައްމަދު ނާޡިމް އަދި […]

ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި ފައިސާތަކެއް "ގެއްލުނު" މައްސަލައެއް ބަލަނީ
Raajje

ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި ފައިސާތަކެއް "ގެއްލުނު" މައްސަލައެއް ބަލަނީ

މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ފަށައިފިއެވެ. މި މައްސަލަ ސަމާލުކަމަށް އައީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ...

އޭސީސީގެ ނައިބު ކަމަށް ނާޝިދަށް ރުހުންދީފި
Parliament

އޭސީސީގެ ނައިބު ކަމަށް ނާޝިދަށް ރުހުންދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބުރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އޭސީސީގެ ނައިބު ރައީސްކަމަށް ނާޝިދު ޢައްޔަނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުންގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކުރެއްވި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އެ ރިޕޯޓް އިއްވުމަށްފަހު ބަހުސްކުރަން ހުޅުވާލައި އަދި ވޯޓު ގަޑީގައި ވަނީ އެ ދެނަމަށް ވޯޓަށް އަހާފައެވެ. އޭސީސީގެ ނަ...

އޭސީސީ އާއި އީސީގެ މެމްބަރުން ތަކެއް ވަކިކުރަން ކޮމެޓީން ފާސްކޮށްފި
Parliament

އޭސީސީ އާއި އީސީގެ މެމްބަރުން ތަކެއް ވަކިކުރަން ކޮމެޓީން ފާސްކޮށްފި

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ)ގެ ހަތަރު މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައި ވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ޠާހާ މުޙައްމަދާއި، އީސީގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފާއި، ޑރ. މުޙައްމަދު ޒާހިރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަޙްމަދު ނާސިޙް ގެ މައްސަލައެވެ. މިނިވަން މު...

ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އޭސީސީގެ "ކާތިބު" އެޕް އިފުތިތާހުކޮށްފި
Raajje

ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އޭސީސީގެ "ކާތިބު" އެޕް އިފުތިތާހުކޮށްފި

  އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށްގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން ‘ކާތިބު’ އިފްތިތާހުކޮށްފިއެވެ. އޭސީސީގެ މަސައްކަތްތައް ފަސޭހަކޮށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ “ކާތިބު” އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތެއްކަމަށް އޭސީސީން ބުނެއެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަ...

މަޖިލިސް އިންތިހާބާ ގުޅޭ 8 މައްސަލައެއް އޭސީސީން ބަލަނީ
Raajje

މަޖިލިސް އިންތިހާބާ ގުޅޭ 8 މައްސަލައެއް އޭސީސީން ބަލަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ އަށް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ. މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އޭސީސީ އަށް މިހާތަނަށް އައިއިރު ހުށަހަޅާފައިވަނީ 10 މައްސަލައެވެ. އެކަމަކު، ރަޖިސްޓްރީކޮށްގެން ބަލަން ފަށާފައި ވަނީ އަށް މައްސަލައެވެ. އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި ރިޝްވަތު ހުށަހެޅުމާއި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ...

ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ނައްތާލާތީ އެކަން ހުއްޓުވައިދޭން އޭސީސީން އެދިއްޖެ
Raajje

ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ނައްތާލާތީ އެކަން ހުއްޓުވައިދޭން އޭސީސީން އެދިއްޖެ

ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ނައްތާލާތީ އެކަން ހުއްޓުވައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ. އެ ކޮމިޝަނުން އެ ކަމަށް އެދިފައި މިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް، ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެފައި ވަނިކޮށެވެ. އަދި އަދި ސަރުކާރުގެ އެހެން ބައެއް މުއައްސަ...

އެންސްޕާގެ ކުރީގެ ސީއީއޯ އަށް ދައުވާ ކުރުމާއިމެދު ގޮތެއް ކަނޑައެޅުމަށް ޕީޖީއަށް ފޮނުވައިފި
Raajje

އެންސްޕާގެ ކުރީގެ ސީއީއޯ އަށް ދައުވާ ކުރުމާއިމެދު ގޮތެއް ކަނޑައެޅުމަށް ޕީޖީއަށް ފޮނުވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯ މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމާއިމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ އެންސްޕާގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އުސޫލުތަކާއި ހިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގަ އެވެ. އޭސީސީން ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހ...

ދުންޔާ، މިއަދު އޭސީސީ އަށް ހާޒިރު ކުރަނީ
Raajje

ދުންޔާ، މިއަދު އޭސީސީ އަށް ހާޒިރު ކުރަނީ

ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް، ދުންޔާ މައުމޫން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފި އެވެ. ދުންޔާ، އެ ކޮމިޝަނަށް ހާޒިރުކުރަނީ ރާއްޖޭގެ ތާރީހުގައި މިހައިތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ހާޒިރުވާން އަންގާފައިވަނީ މިއަދު 11 ޖަހާއިރަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން […]

ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި
Raajje

ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެ އެވެ. އޭސީސީން ވިދާޅުވީ ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަޙުޤީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަން ގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އޭސީސީގެ ޓީމެއް މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 އަށް ދުވާފަރުގަ...

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވައިފި
Raajje

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ހުރިހާ މެމްބަރުން އުސްތިއުފާ ދެއްވައިފިއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވާފައި ވާކަން އޭސީސީއާއި ރައީސް އޮފީހުން ވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ. އޭސީސީގެ 5 މެމްބަރުންގެ ތެރެއިން 2 ބޭފުޅަކު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންތައް ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ބެހޭ ކޮމިޓީން ފެށުމުން ކުރިން އިސްތިއުފާދެއްވާފައެވެ. އަދި ބާކީ ތިއްބެވި 3 ބޭފުޅުން ވަނީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި […]

އޭސީސީ މެންބަރުން ލިޔުމުން ޖަވާބުދާރީވާން މުހުލަތެއް
Parliament

އޭސީސީ މެންބަރުން ލިޔުމުން ޖަވާބުދާރީވާން މުހުލަތެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބުދާރީ ވުމަށް ފަސް ދުވަސް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ. އޭސީސީގެ މެންބަރުން ވަކިކުރަން މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޖިލިސް އެއްވެފައެވެ. އެ ޖަލްސާގައި ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމަށް ހުށަހެޅުނު އެ މަސައްސަލަ މަޖިލިހުގެ ގަވާއިދުގެ ދަށުން އޮންނަ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިއަދު ހ...

އެމްއާރުޑީސީގެ ކުރީގެ 4 ބޯޑު މެންބަރަކަށް ދައުވާ ކުރަން ފޮނުވައިފި
Raajje

އެމްއާރުޑީސީގެ ކުރީގެ 4 ބޯޑު މެންބަރަކަށް ދައުވާ ކުރަން ފޮނުވައިފި

މަގުތައް ހެދުމަށް ޑރ. ވަހީދުގެ ސަރުކާރުގައި އުފަށްދަވައި، ހިންގަމުންއައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމްއާރްޑީސީ) 4 ބޯޑު މެންބަރެއްގެ މަށްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ. މިގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ހަތަރު ބޯޑު މެންބަރުންގެ މަށްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ 2014 ވަނަ އަހަރު އެމްއާރުޑީސީއަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިންގ ކްރާފްޓް ގަންނަ އަގުގެ %50 އަށްވާ […]