މިއަހަރުގެ މިހާތަނަށް އެސީސީ އިން ޕީޖީ އަށް ފޮނުވަން ނިންމާފައިވަނީ އެންމެ މައްސަލައެއް
މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ އެންމެ މައްސަލައެއް ކަމަށް އެކޮމިޝަނުން ހާމަކޮށްފައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 2 މައްސަލަ ކަމަށް އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭސީސީން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަހަރުގ...