Skip to main content
Topic Archive

#އިންފޮމޭޝަން ކޮމިޝަނަރު

8 Stories filed
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޢައްޔަންކުރައްވައިފި
Raajje

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ. އައު އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރުމަށް ނިންމެވީ، މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް...

އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަނީ
Parliament

އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އައު އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރުމަށް ނިންމެވީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. މި މަގާމަށް ކުރިމަތިލުމަށް މި މަހުގެ ކުރީކޮޅު ހުޅުވާލި ފުރުސަތުގެ ސުންގަޑި މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފަ...

ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭތީ މައުލޫމާތު ހޯދަން އައިކޮމް އަށް
Raajje

ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭތީ މައުލޫމާތު ހޯދަން އައިކޮމް އަށް

ކޮލަމާފުށި ކައުންސިލުން އެރަށުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރިކަމުގެ ތުހުމަތު ކުރެވޭތީ މައުލޫމާތު ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފި އެެވެ. މިއީ ކޮލަމާފުށި ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ އަމިއްލަ ބަޔަކު މައުލޫމާތު ހޯދުމަށް އައިކޮމްއަށް ހުށަހެޅި ހުށަހެޅުމެކެވެ. މި މައްސަލައިގައި ތަރައްގީގެ މަޝްރޫއުތައް ގެންދިއުމަށް ބަޖެޓް އެލޮކޭޓް ކުރުމަށް ބޭއްވި ކައުން...

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރީ ގޯސްކޮށް: ހައިކޯޓް
Raajje

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރީ ގޯސްކޮށް: ހައިކޯޓް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ގެއްލުމެއް ލިބޭ ނަމަ އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމީ […]

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އާހިދު އައްޔަނުކޮށްފި
Raajje

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އާހިދު އައްޔަނުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހ. ގުރުވަ އަޙްމަދު ޢާހިދު ރަޝީދު މިއަދު ޢައްޔަނުކުރައްވައިފިއެވެ. މި މަޤާމަށް އަޙްމަދު ޢާހިދު ރަޝީދު ޢައްޔަނުކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަނުކުރެއްވި އަޙްމަދު ޢާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަޤާމެވެ. އޭނާ ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީ...

އީސީގެ މެންބަރު ކަމަށް 5 ނަމެއް، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް 4 ނަމެއް
Raajje

އީސީގެ މެންބަރު ކަމަށް 5 ނަމެއް، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް 4 ނަމެއް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ލަފާ ހޯދުމަށް، ފަަސް ބޭފުޅެއްގެ ނަން އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ހަތަރު ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިފައިވާއިރު، މިގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އަށް އެ މައްސަލަތައް ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވި ސިޓީފުޅުތައް މަޖިލީހުގެ އަމީންއާން...

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ތިން ނަމެއް ފޮނުވައިފި
Parliament

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ތިން ނަމެއް ފޮނުވައިފި

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވައިފިއެވެ. އެމަގާމަށް ކުރިމަތޮލުމަށް މިދިޔަ މަހުގެ 22 ގައި ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް އައްޔަން ކުރުމަށް ރައީސް ފޮނުވި ތިން ބޭފުޅުންނަކީ އަލްއުސްތާޒު ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު: 5،843، އަލްއުސްތާޒު އާހިދު ރަޝީދު، ހ. ގުރުވަ އަދި މަރިޔަމް އަލީމް، ގ. ދާސްތާން އެވެ. މިލިސްޓްގެ ކުރީގައި އޮތް ޝިހާމް މުހައްމަދު ވަހީދުއަކީ […]

ކައުންސިލަރުން ދަނީ މަހަށް، ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހަކު ތައްޔާރު ކުރަން ފަށައިފިން: ފިޔާޒު
Parliament

ކައުންސިލަރުން ދަނީ މަހަށް، ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހަކު ތައްޔާރު ކުރަން ފަށައިފިން: ފިޔާޒު

ލާމަރުކަޒީ ކުރިކަމުގައި ވިޔަސް ކައުންސިލަރުން ދަނީ މަހަށް ކަމަށާއި، މަސައްކަތް ކުރަށްވަމުން ގެންދަވަނީ ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހަކު ތައްޔާރު ކުރުމަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކަނޑައަޅާފައިވާ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން، ބަޖެޓު ކޮމެޓީގައި ވާހަކަފުޅު ދައްވަމުން ކޮމިޝަނަރު ފިޔާޒް ވިދާޅުވީ ކޯވިޑާއި ގުޅިގެން ބަޖެޓް ކުޑަކޮށްފައިވާ ކަން އެނގި ވަޑައިގެންނަވާ ކަމަށެވެ. އަދި މިދިޔަ އަހަރު ލިބުނު ބަޖެޓް ރަނ...