ދެކުނު އޭޝިއާ މުބާރާތުން ކުޅުދުއްފުށީގެ އަހުނާ ހިމެނޭ ރިލޭ ޓީމު ލޯ މެޑަލް ހޯދައިފި
4 ވަނަ ދެކުނު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕު 2025 ގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ރިލޭ ޓީމު ލޯ މެޑަލް ހޯދައިފިއެވެ. އިންޑިއާގެ ރަންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭ ޓީމު ލޯ މެޑަލް ހާސިލްކޮށްފައިވަނީ 4 ގުނަ 100 މީޓަރު ރިލޭ އިން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ލަންކާ އާއި ވާދަކޮށްގެންނެވެ. މި ރިލޭގައި 44.70 ސިކުންތުން ރޭސް ނިންމައި، ރަން މެޑަލް ހާސިލްކޮށްފައިވަނީ […]