މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އީރާން-އިސްރާއީލް ހަނގުރާމަ

481 Stories filed
ޓްރަމްޕްގެ އުންމީދުތައް ފެނަށް: އީރާނުން ބޯލަނބާނެ ކަމަށް ކުރި ހީތަކާއެކު އެމެރިކާއަށް ނުތަވަސްކަން
International

ޓްރަމްޕްގެ އުންމީދުތައް ފެނަށް: އީރާނުން ބޯލަނބާނެ ކަމަށް ކުރި ހީތަކާއެކު އެމެރިކާއަށް ނުތަވަސްކަން

އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި “އޮޕަރޭޝަން އެޕިކް ފިއުރީ” އަކީ ކާމިޔާބު އޮޕަރޭޝަނަކަށް ވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އުންމީދުތައް ފެއިލްވެ، އެމެރިކާ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައިވާކަން ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިޔުއެސްސީ) އިން މިއަދު ޝާއިޢުކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ. މި ރިޕޯޓުގައިވާ ގޮތުން، ވައިޓް ހައުސްގެ އިސްތިރާޖީ އުންމީދުތަކާއި ޕެންޓަގަންގެ ފަންނީ އިންޒާރުތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުއްޓެވެ. ޚާއްޞަކޮށް، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލ...

ތެޔޮ ވަސީލަތްތަކަށް ހަމަލާދީފިނަމަ އެމެރިކާއާ ގުޅުންހުރި ހުރިހާ ތަންތަނެއް ފުނޑުފުނޑުކޮށްލާނަން: އީރާން
International

ތެޔޮ ވަސީލަތްތަކަށް ހަމަލާދީފިނަމަ އެމެރިކާއާ ގުޅުންހުރި ހުރިހާ ތަންތަނެއް ފުނޑުފުނޑުކޮށްލާނަން: އީރާން

އީރާނުގެ ތެލާއި އިޤްތިޞާދީ އުމުރާނީ ވަސީލަތްތަކަށް ހަމަލާއެއް ދީފިނަމަ، އެމެރިކާއާ ގުޅުންހުރި ހުރިހާ އުމުރާނީ ވަސީލަތްތަކެއް ފުނޑުފުނޑުކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރު އީރާނުން ދީފިއެވެ. 2026 މާރިޗު 13 ގެ ދަންވަރު ނެރުނު މި އިންޒާރަކީ، އީރާނުގެ އަސްކަރީ އަމާޒުތައް ކަނޑައެޅުމުގެ ސިޔާސަތަށް އައި ވަރަށް ބޮޑު ބަދަލެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އީރާނުގެ އިންގިލާބީ ގާޑުންނާއި ރަސްމީ އަސްކަރިއްޔާ ގުޅިގެން ހިންގާ ‘ޚާތަމް އަލް-އަންބިޔާ’ މަރުކަޒީ ހެޑްކުއާޓަރުން ނެރުނު ބަޔާ...

އީރާނުގެ ތެލުގެ މައި ހަބަށް ހަމަލާދިންކަމަށް ބުނާ ވީޑިއޯއެއް ޓްރަމްޕް އާންމުކޮށްފި
International

އީރާނުގެ ތެލުގެ މައި ހަބަށް ހަމަލާދިންކަމަށް ބުނާ ވީޑިއޯއެއް ޓްރަމްޕް އާންމުކޮށްފި

އީރާނުގެ ތެލުގެ އިގްތިޞާދުގެ މައި ހަބު ކަމަށްވާ ޚާރްގް އައިލެންޑަށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ފައިވާކަމަށްބުނެ، ވީޑިއޯ އެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާންމުކޮށްފިއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މާރިޗު 13، 2026 ވީ ހުކުރު ދުވަހުގެ ރޭ ވީޑިއޯއެއް އާންމުކޮށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ދިން މި ހަމަލާއަކީ މެދުއިރުމަތީގެ ތާރީޚުގައި ވެސް ދެވުނު އެންމެ ވަރުގަދަ އެއް ވައިގެ ހަމަލާކަމަށް ވިދާޅުވެފައެވެ. “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ […]

އީރާނާ ދެކޮޅު ހަނގުރާމާގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 13 އަށް އަރައިފި
International

އީރާނާ ދެކޮޅު ހަނގުރާމާގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 13 އަށް އަރައިފި

އީރާނާއެކު މިހާރު ހިނގަމުންދާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކުގައި މަރުވި އެމެރިކާ ސިފައިންގެ ރަސްމީ އަދަދު 13 އަށް އަރާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއު.އެސް.ޖޭ) އިން ރިޕޯޓްކޮށްފިއެވެ. 14 މާރިޗު 2026 އާ ހަމައަށް ހިިިިިިސާބުތައް ދައްކާގޮތުން، މި ހަނގުރާމައިގައި އެމެރިކާގެ 10 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 200 އަށްވުރެ ގިނަ ސިފައިން ވަނީ ޒަޚަމްވެފައެވެ. ޕެންޓަގަން އާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހަނގުރާމަ ފެށުނުތާ ފ...

އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބު: ރަޝިޔާ
International

އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބު: ރަޝިޔާ

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފަށާފައިވާ މަސައްކަތްތައް ފެއިލްވެ، ވޮޝިންގޓަން ވަނީ ސަރަހައްދީ ބޮޑު މަޅިއެއްގައި ތާށިވެފައި ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާގެ މި ބަޔާނަކީ އެގައުމުގެ ޚާރިޖީ ސިޔާސަތަށް އައިސްފައިވާ ބޮޑު ބަދަލެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ. 12 މާރިޗު 2026 ގައި ކްރެމްލިންއާއި ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ހިންގަމުންދަނީ ނާކާމިޔާ...

އީރާނުގެ އިސްވެރިންގެ މަޢުލޫމާތު ދޭ މީހަކަށް 10 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
International

އީރާނުގެ އިސްވެރިންގެ މަޢުލޫމާތު ދޭ މީހަކަށް 10 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

އީރާނުގެ އާ ލީޑަރޝިޕާއި އެގައުމުގެ ވަރުގަދަ ސިފައިންގެ ފައުޖު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ އިސްވެރިންނާ ގުޅޭ ސައްހަ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރުގެ ބޮޑު އިނާމެއް ދޭނެކަމަށް އެމެރިކާއިން އިޢުލާންކޮށްފިއެވެ. މި އިނާމު ރަސްމީކޮށް އިޢުލާންކޮށްފައިވަނީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ “ރިވޯޑްސް ފޯ ޖަސްޓިސް” (އާރް.އެފް.ޖޭ) ޕްރޮގްރާމުން މީގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ސިޔާސީ އަދި ނަފްސާނީ ހަނގުރާމައިގެ ތެރެއިން އ...

ޝަހީދުވި އީރާނުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ޗައިނާއިން 200,000 ޑޮލަރު ހަދިޔާކުރަނީ
News

ޝަހީދުވި އީރާނުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ޗައިނާއިން 200,000 ޑޮލަރު ހަދިޔާކުރަނީ

އީރާނުގެ ސްކޫލަކަށް އަމާޒުކޮށް ދިން ނުރައްކާތެރި މިސައިލް ހަމަލާއެއްގައި ޝަހީދުވި ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން 200,000 އެމެރިކާ ޑޮލަރު ހަދިޔާކުރަން ނިންމާފައިވާކަން ޗައިނާ ސަރުކާރުން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ. މި ހަމަލާއަކީ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި އަސްކަރީ ހަނގުރާމައިގެ ތެރެއިން، ވަކި ފަރާތަކަށް ބެލުމެއްނެތް ގޮތަށް އީރާނުގެ ސްކޫލަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެކެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އީރާނުގެ ދެކުނުގެ...

ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ތުރުކީގެ އުޅަނދަކަށް އީރާނުން ދީފި
International

ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ތުރުކީގެ އުޅަނދަކަށް އީރާނުން ދީފި

އީރާނު ކައިރީގައި މަޑުކޮށްގެން އޮތް ތުރުކީގެ ކުންފުންޏަކަށް ނިސްބަތްވާ އުޅަނދަކަށް، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ތެހެރާނުގެ ކަމާބެހޭ ފަރާތްތަކުން ދީފައިވާ ކަމަށް ތުރުކީގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުލްގާދިރު އުރަލޯގްލޫ ވިދާޅުވެއްޖެއެވެ. ތުރުކީގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އުރަލޯގްލޫ ވިދާޅުވީ، އެ ސަރަހައްދުގައި އޮތް ތުރުކީގެ 15 އުޅަނދުގެ ތެރެއިން ދަތުރުކުރުމުގެ ހުއްދަ ލިބިފައިވަނީ ‘ރޮޒާނާ’ ނަމަކަށް ކިޔާ އުޅަނދަކަށް ކަމަށެވެ. މި އުޅަނދަ...

އެމެރިކާއަށް ގޮތް ހުސްވެ ރަޝިޔާގެ ތެލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުއި ދީފި
International

އެމެރިކާއަށް ގޮތް ހުސްވެ ރަޝިޔާގެ ތެލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުއި ދީފި

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން އީރާނުގެ އިންޒާރުތަކާއެކު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ބޮޑު ނުތަނަވަސްކަމާ ގުޅިގެން، ރަޝިޔާގެ ތެލާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަގުތީ ލުޔެއް ދީފިއެވެ. ޓްރަމްޕްގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދު އިނދަޖެހިދާނެތީ، އެކަމުން ސަލާމަތްވުމަށް އެޅި “ޢަމަލީ ފިޔަވަޅެއް”ގެ ގޮތުގައެވެ...

އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް އިރާގަށް ވެއްޓިއްޖެ
International

އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް އިރާގަށް ވެއްޓިއްޖެ

އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ ތެޔޮ އަޅައިދޭ ބޮޑު މަތިންދާބޯޓެއް އިރާގަށް ވެއްޓިފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ރޭ އާންމުކުރި ބަޔާނެއްގައި ބުނެފިއެވެ. ވެއްޓިފައިވަނީ އެމެރިކާގެ ވައިގެ ސިފައިންގެ ‘KC-135 ސްޓްރެޓޯޓޭންކަރ’ މަރުކާގެ ބޯޓެކެވެ. ސެންޓްކޮމް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ”އެކުވެރި ވައިގެ” ސަރަހައްދެއްގެ ތެރޭގައެވެ. އަދި މި ބޯޓު ވެއްޓުނީ އީރާނުގެ ހަމަލާއަކުން ނުވަތަ އޮޅުމަކުން ދެވުނު ހަމަލާއަކުން ނޫން ކަމަށްސް ބުނެފަވެއެވެ. އެހ...

ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ
International

ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

އިރާގުގެ އުރުބީލް ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާކަން ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން 13 މާރިޗު 2026 ވީ ހުކުރު ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ. މިއީ މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ، އިޒްރޭލު އަދި އީރާނުގެ މެދުގައި ފެށުނު ހަނގުރާމަ ވަރުގަދަވި ފަހުން، އެ ސަރަހައްދުގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މަރުވި ސިފައިންގެ މީހަކީ “ސެވަންތް ބެޓޭލިއަން އޮފް ޗެސާސް އަލްޕިންސް” އަށް ނިސްބަތްވާ […]

މުޖުތަބާގެ ފުރަތަމަ ބަޔާން: ''ޝަހީދުންގެ ލެޔަށް ބަދަލުހިފާނަން، ކޮންމެ ރައްޔިތެއްގެ މަރަކީ ހުޅުވިފައިވާ ވަކި ފައިލެއް''
International

މުޖުތަބާގެ ފުރަތަމަ ބަޔާން: ''ޝަހީދުންގެ ލެޔަށް ބަދަލުހިފާނަން، ކޮންމެ ރައްޔިތެއްގެ މަރަކީ ހުޅުވިފައިވާ ވަކި ފައިލެއް''

އީރާނުގެ އެންމެ މަތީ ލީޑަރުގެ ހައިސިއްޔަތުން މުޖުތަބާ ޚާމަނާއީ މިއަދު، 12 މާރިޗު 2026 ގައި، ފުރަތަމަ ފަހަރަށް ރަސްމީ ބަޔާނެއް ނެރުއްވައިފިއެވެ. ދައުލަތުގެ ޓީވީ މެދުވެރިކޮށް ޚަބަރު ކިޔާ މީހަކު އިއްވި މި ބަޔާނުގައި، އަމިއްލަފުޅު ހިތާމަތަކާއެކު ދުޝްމަނުންނަށް ވަރުގަދަ އަސްކަރީ އިންޒާރުތަކެއް ވަނީ ދެއްވާފައެވެ. މި ބަޔާން އިއްވިއިރު މުޖުތަބާ ޚާމަނާއީ އަމިއްލަފުޅަށް ކެމެރާގެ ކުރިމައްޗަށް ވަޑައިގެންފައި ނުވާތީ، ފާއިތުވި ފެބްރުއަރީ 28 ގައި ދެވުނު ހަމަލާތަކުގައި އޭނާއަށް އަނިޔާވެފައިވާ ކަމަށް ދެކެވޭ ވާހަ...

ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެމެރިކާ އަތުން 11.3 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ
International

ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެމެރިކާ އަތުން 11.3 ބިލިއަން ޑޮލަރު ޚަރަދުވެއްޖެ

އިރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުވެފައިވާ ކަމަށް ޕެންޓަގަނުން އެމެރިކާގެ ކޮންގްރެސްއަށް އަންގައިފިއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ހުރި ތިން މަޞްދަރަކާއި ހަވާލާދީ އެމެރިކާގެ ”އެންބީސީ” ނިއުސް އިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ އޮފިޝަލުން މި ތަފްޞީލުތައް ދެއްވީ އަންގާރަ ދުވަހު ސެނެޓަރުންނާއެކު ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ. ނަމަވެސް، ޑެލަވެއާގެ ސެނެޓަރު ކްރިސް ކޫންސް ބުދަ ދުވަހު...

އިންޑިއާގެ ތެޔޮ ބޯޓުތަކަށް ހުރުމުޒުން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދެނީ
International

އިންޑިއާގެ ތެޔޮ ބޯޓުތަކަށް ހުރުމުޒުން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދެނީ

އިންޑިއާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރުތަކަށް، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ މަސްދަރަކުން ބުރާސްފަތި ދުވަހު ‘ރޮއިޓާސް’ އަށް މައުލޫމާތު ދީފިއެވެ. އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ 40 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. ނަމަވެސް، އީރާނުގެ ބޭރުގައި ހުރި މަސްދަރަކުން ވަނީ މިފަދަ އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަން ދޮގުކޮށްފައެވެ. މިކަމާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީއާއި ނިއުދިއްލީގައި ހުންނަ އީރާނު އެމްބަ...

ސިކުންތަކު 100 މީޓަރުގެ ބާރުމިނުގައި ދަތުރުކުރާ ކަނޑުއަޑީގެ މިސައިލް ބޭނުންކުރުމަށް ތައްޔާރު: އީރާން
International

ސިކުންތަކު 100 މީޓަރުގެ ބާރުމިނުގައި ދަތުރުކުރާ ކަނޑުއަޑީގެ މިސައިލް ބޭނުންކުރުމަށް ތައްޔާރު: އީރާން

ސިކުންތަކު 100 މީޓަރުގެ ބާރުމިނުގައި ދަތުރުކުރާ ކަނޑުއަޑީގެ މިސައިލް ބޭނުންކުރުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހާމަކޮށްފިއެވެ. މި ޓެކްނޮލޮޖީއަކީ ދުނިޔޭގައި ހަމައެކަނި ރަޝިޔާ އާއި އީރާން އަތުގައި އޮތް ވަރުގަދަ ހަތިޔާރެއް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އައި.އާރު.ޖީ.ސީ ގެ ކޮމާންޑަރ-އިން-ޗީފްގެ ސީނިއާ އެޑްވައިޒަރު ރިއަރ އެޑްމިރަލް އަލީ ފަދަވީ ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުގެ ކަނޑުގެ ހަތިޔ...