ދުބާއީ އެއާޕޯޓު ހާދިސާ: އެމިރޭޓްސް އާއި ފްލައި ދުބާއީގެ ދަތުރުތައް އަލުން ފަށައިފި
އިރާނުގެ ޑްރޯނެއް އަމާޒުވުމުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް (ޑީއެކްސްބީ) ސަރަހައްދުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން މެދުކަނޑާލި، އެމިރޭޓްސް އާއި ފްލައި ދުބާއީގެ ފްލައިޓްތަކުގެ އޮޕަރޭޝަން އަލުން ފަށައިފިއެވެ. ދުބާއީ ސިވިލް އެވިއޭޝަން އޮތޯރިޓީން ހާމަކުރި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފްލައިޓްތައް މެދުކަނޑާލުމަށްފަހު، މިހާރު ވަނީ ވަކި މަންޒިލްތަކަކަށް ދަތުރުތައް އަލުން ފަށާފައެވެ. އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު އެއާލައިންތަކ...