އިހަވަންދޫގައި ބޭއްވި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި
ހއ. އިހަވަންދޫގައި ބޭއްވި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޓްރެއިނިންގ ކޭމްޕް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، އެމް.އެން.ޑީ.އެފް ނޯރތު އޭރިއާ ޑެޕިއުޓީ ކޮމާންޑަރ އަޙުމަދު ބޫލާޤު އެވެ. އަދި މި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާޙް އާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓްރެއިނިންގ ކޭމްޕަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިހަވަންދޫ ކައުންސިލް...