ހއ. އިހަވަންދޫގައި ރުކުގެ ފަނުން އުފެއްދުންތެރި ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ހިންގާ ޕްރޮގްރާމެކެވެ.

Ad
rt

30 ބައިވެރިންނަށް ފުރުސަތު ދީގެން މި މަހުގެ 5 ވަނަ ދުވަހު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 11 ގެ ނިޔަލަށެވެ.

ފަނުން އުފެއްދުންތެރި ތަކެތި ވިޔުމުގެ ފަންނުގެ ތަޖުރިބާކާރެއްގެ އެހީތެރިކަމާއެކު ހިންގާ މި ޕްރޮގްރާމަށް އެރަށުގެ އަންހެންބޭފުޅުންގެ ފަރާތުން ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

އިހަވަންދޫގައި ކުރިއަށްދާ ރުކުގެ ފަނުން އުފެއްދުންތެރި ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: އިހަވަންދޫ އ.ތ.މ ކޮމެޓީ

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ރުކުގެ ފަނުން އުފެއްދުންތެރި ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެށިއިރު އެ ކޮމެޓީން މި އަހަރު ވަނީ އިތުރު ގިނަ ހަރަކާތްތަކެއް ވެސް ހިންގާފައެވެ. މިގޮތުން ރަމަޟާން މަހަށް ތައްޔާރުވުމަށް ދީނީގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއިގުޅުވައިގެން ވޮލީ ބޯޅަ ތަމްރީނު ޕްރޮގްރާމަކާއި، ކެއްކުމުގެ މުބާރާތެއް ބާއްވާފަވެއެވެ. މީގެ އިތުރުން ވެސް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމަކާއި، ނަމާދު ވޯކްޝޮޕަކާއި، އިހަވަންދޫ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ސްޓަޑީ ކޭމްޕް ބާއްވައިދިނުން ފަދަ ހަރަކާތްތައް އެ ކޮމެޓީން ވަނީ ހިންގާފައެވެ.

އިހަވަންދޫ އަކީ އިގްތިސާދީގޮތުން ފުދުންތެރި، އެކި ރޮނގުތަކުން ފަންނުވެރި ރަށްޔިތެއް ދިރިއުޅޭ ރަށެކެވެ.