ކަރަންޓީނުކޮށްފައިވާ ގެތަކަށް ކޮންމެ ދުވަހަކު 500 ރުފިޔާ ދޭން ދިއްދޫ ރައީސް ގޮވާލައިފި

ABdulla Rasheed Dhidhdhoo Raees

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހއ. ދިއްދޫގައި ކަރަންޓީނު ކުރެވިފައިވާ ގޭތަކުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު 500 ރުފިޔާ ހަމަޖައްސައި ދިނުމަށް ސަރުކާރަށް، ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ގޮވާލައިފިއެވެ.

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތުމަށްފަހު ބަންދުން ވީއްލުނުތާ ހަފުތާއެއްގެ ތެރޭގައި ރަށުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވްވެގެން އަލުން ދިއްދޫ ބަންދުކުރީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ދިއްދޫ ރައީސް ޢަބުދުﷲ ރަޝީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ މޮނިޓަރިންގަ އޮންނަތާ ގިނަދުވަސް ތަކެއް ވަމުން ދާތީ ކަރަންޓީން ކޮއްފަވާ ގެތަކުގެ ރައްޔިތުންނަ އެހީވުމުގެ ގޮތުން ކޮންމެ ދުވަހަކު ކަރަންޓީން ކޮއްފަވާ ގެތަކުގެ ރައްޔިތުންނަ 500ރ ދިނުމަށް ސަރުކާރައް ގޮވާލާކަމަށެވެ.

"ހޮޓާ, ރެސްޓޯރެންޓު އަދި ވިޔަފާރިވެރިންނާއި,އަމިއްލަ މަސައްކަތުން ދިރިއުޅެމުންދާ ފަރާތް ތަކަށް ލިބެމުންދާ ބޮނޑެތި ގެއްލުން ތަކަށް އަވަސް ހައްލެއް ހޯދާދިނުމަކީ ސަރުކާރުން މިހާރުން މިހާރަށް ކޮއްދެންޖެހި ފައިވާ ކަމެއް ކަމުގައި ދެކޭތީ އާއީ އެކަމަކީ އަޅުގަނޑުވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދެކެން" އޭނާ ވިދާޅުވެފަވެއެވެ.

ކޯވިޑްގެ ސަބަބުން ދިއްދޫގެ 40 އަށްވުރެ ގިނަ ގޭ މޮނީޓަރިންގައި ހުރިއިރު، ޖުލައި 26 ކްލަސްޓާއިން ދިއްދޫގައި މިވަގުތު ތިބި ކޯވިޑް ބަލި މީހުންގެ އަދަދަކީ 17 އެވެ.

ދިއްދޫގެ އިތުރުން އެ އަތޮޅު ތަކަންދޫ ވެސް އޮތީ ބަންދު ކޮށްފައެވެ. އަދި ހދ. ގެ ވެރިރަށް ކުޅުދުއްފުށީ ސިޓީ ވެސް އޮތީ ބަންދުކޮށްފައެވެ.

ކޯވިޑްގެ ސަބަބުން ދުނިޔެ ކުރަމުން އަންނަ އުނދަގޫ، ދަތި ތަޖުރިބާ ދިވެހި އެތަކެއް ރައްޔިތުންނެއް ވެސް ކޮށްފައިވާއިރު، ހާލަތުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރައްވަމުންނެވެ. އަދި ކޯވިޑްގެ ސަބަބުން އިގްތިޞާދު އިނދަޖެހުމުން އަލުން އިގްތިޞާދު ކޮޅަށް ޖެހުމަށް ގިނަ އެހީތަކެއް ވެސް ސަރުކާރުން އަންނަނީ ފޯރުކޮށް ދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. މި ފެންނަނީ ސަރުކާރެއް އޮތްހެން ހީނުވާ ހިސާބވަށް ކަންކަން ގޮސްފައިވާ ތަނެވެ ތިން ހަތަރު މަސްދުވަހު ރަށެއްގެ ރައްޔިތުން ބަންދުވެފަ ތިބިއިރު ރައީސް އިބްރާހީމް އެރަށަށް ކައުންސިލްގެ ރައީސަށް ގުޅުއްވާ ލައްވާ ރައްޔިތުންގެ ޙާލު ބައްލަވާލެވިފައި ނެތެވެ. ރަށަކަށް ޞީއްޙީ އިރުޝާދުތައް ދެވޭނެ ފަދަ ޓީމުތައް ފޮނުވައިގެން މިކަހަލަ އެއްވެސް ކަމެއް މިތާކު ނެތެވެ. މިތާ އޮތީ ބުރޯއެއް ނެރެގެން ވަގަށް ވަދެތިބި ބޭރު މީހުން އެތެރެކުރެވޭނެ ގޮތްތައް މި ކޮވިޑުގެ ޙާލަތުގައި ވިޔަސް ނެރެގެން އެމީހުން އެތެރެ ކުރުމެވެ ބޭރުން މީހުން އެތެރެކުރުން އެންމެ ތަންފުކެއްވެސް މަދެއް ނުމެކެުރެވޭމެ އެވެ. ދަތިކަން އައީ ރަށްރަށަށެވެ ބޭރުމީހުން އެތެރެކުރުމަށް ހަމަ އެންމެ ބޮޅެއްވެސް ފަހަތަކަށް ޖައްސައެއް ނުލެވެއެވެ.ބުރޯ އެކަން ހުއްދަވެސް ކޮށްފި އެވެ. މިހާރު މިއުޅޭ މީހުން ބަލަނީ ޗުއްޓީއެއް ލިބުނަސް އެއްތަނަކުން ބައިޓަނު އަނބު އަނެއް ތަނަކަށް ދަތުރުގޮސް ކުޅި މަޖަލުގަ އެވެ. އަދި ބައެއް ތރަންތަނަށް ގޮސް ކައި އުޅެމުން އެތަނުގެ މީހުން ރާއްޖެ އެތެރެވުމަކީ އޮތް ރައިޓްސްއެއް ކަމަށް ބުނަމުން ދެއެވެ. ގައުމުގެ މިނިވަންކަމާ ސިޔާދަތު ނެގެހެއްޓުމެއް ނެތެވެ.

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި