އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމެއް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢު ކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިންގ ހަމަޖެއްސުމާ ގުޅޭ ފަހުމުނާމާގަ މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެގައި ބީއެމްއެލްއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިއަދު ސޮއިކުރިއިރު، މި ދެ ބޮޑެތި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސިންގ އިސްލާމީ އުސޫލުތަކުގެ ދަށުން ބީއެމްއެ...