ވިހެއުމުގެ ތެރޭގައި ނަޒާހަތު ނިޔާވުމަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއް: ރައީސް
އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)އަށް ވިހަން ގޮސް ހުއްޓައި ކުއްލިއަކަށް ހާލު ދެރަވެ، ކުއްލި ސިޒޭރިއަނެއް ހެދި އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވި ހާދިސާއަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ނަޒާހަތު ނިޔާވީ ސިޒޭރިއަނަށް ފަހުއެވެ. އޭނާ އަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރެއްގެ މަގާމު ފުރަމުން ދިޔަ މީހެކ...