ރާއްޖޭގެ ސަރަހައްދުކަމުގައި ދޫކޮށްލި ކަނޑުގެ ސަރަހައްދުވެސް ބަލާނެކަން ރައީސް ޢިއުލާންކުރަށްވައިފި
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ (އީ.އީ.ޒެޑް) ކުރީގެ ސަރުކާރުން ދޫކޮށްލި ސަރަޙައްދު ހިމެނޭހެން، ރާއްޖޭގެ ޤާނޫނުގައި ކަނޑައަޅާފައިވާ ފުރިހަމަ ސަރަޙައްދު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލޭގޮތަށް ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނާބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި ނިންމުމަކީ ދިވެހި ދައުލަތުން ޤަބޫލުކުރާނެ ނިންމުމެއް ނޫން ކަމަށެވެ. އަދ...