މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
އައު ބަދަލާއި ގުޅިގެން ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި
News

އައު ބަދަލާއި ގުޅިގެން ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވާފައިވާ ބަދަލުތަކާ ގުޅިގެން، ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ރަސްމީ ނަންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހަމަޖައްސަވައިފިއެވެ. މި ނަންތައް ހަމަޖެއްސެވީ 2026 އެޕްރީލު 14 އަދި 15 ވަނަ ދުވަހު ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ޝާއިޢުކުރެއްވި މިކަމާއި ގުޅޭ ދެންނެވުމުގައިވާ ގޮތުން، ޖުމްލަ 12 ވުޒާރާއެއްގެ ނަން ދިވެހިބަހުން ބޭނުންކުރާނެ ގޮތް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި އަލަށް...

މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް
Raajje

މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް

ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމުގެ މަގުސަދުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އިއްޔެ ގެންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު 7/2026 ދެންނެވުމާ އެކު، މި ބަދަލުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. މި ގެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މުޅީން އަލަށް “މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ”ގެ ނަމުގައި ވުޒާރާއެއް އުފެއްދެވުމެވެ. މީގެ އިތުރުން، ކުރި...

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް މުންދު
Raajje

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ޙުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަޤާމުތަކާއި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާ...

ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން
Raajje

ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް ވަޒީރަކަށް ހުންނެވި ހަސަން ޑިފެންސް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވައި މަޤާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ރަޝީދަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުަޙަ...

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް
Raajje

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތަކާއެކު މިއަދު ވަނީ 12 ވަޒީރަކު އަލަށް މަޤާމަށް ޢައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އ...

ކެބިނެޓްގެ އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވައިފި
Raajje

ކެބިނެޓްގެ އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިތުރު ވަޒީރުންތަކެއް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ލޯކަލް ގަވަމެންޓް މިނިސްޓަރު...

ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި
Raajje

ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި

ދިފާއީ ވުޒާރާގެ މުޙައްމަދު ޣައްސާން މައުމޫން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޣައްސާނު މަގާމުން އިސްތިއުފާދެއްވި ނަމަވެސް، މި ނިންމެވުން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ. ޣައްސާން ދިފާއީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ. ޣައްސާނު އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޢަލީ އާރިފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް މިއަދު ވަނީ މަގާމުން ވަކިކުރަށްވާފައެވެ.

ޚާރިޖީ ވަޒީރު ޚަލީލު މަގާމުން ވަކިކޮށްފި
Raajje

ޚާރިޖީ ވަޒީރު ޚަލީލު މަގާމުން ވަކިކޮށްފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު މަގާމުން ވަކިކޮށްފި އެވެ. ޚަލީލް މަގާމުން ވަކިކޮށްފައިވާއިރު، އޭނާ އެ މަގާމުން ވަކިކުރި ސަބަބާއި ގުޅޭ ގޮތުން ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ. 18 ވަނަ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވި ޚަލީލަކީ މި ސަރުކާރުގެ ފުރަތަމަ ސިއްހަތާ ބެހޭ ވަޒީރެވެ. އަދި ދެ ވަނަ ޚާރިޖީ ވަޒީރެވެ. 17 ނޮވެމްބަރު 2023 ގައި ސިއްހީ ވުޒާރާގެ ވަޒީރުކަމަށް ޢައްޔަނުކުރި ޚަލީލް ޚާރިޖީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ […]

ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން ގަވާއިދުން ކުރިޔަށްދާނެ: ހީނާ
Raajje

ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން ގަވާއިދުން ކުރިޔަށްދާނެ: ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން، 1 މާރިޗް 2026 އިން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާ ބެހޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީޑިއާއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މުހިންމު ނިންމެވުމެއް އިޢުލާނު ކުރައްވާފައެވެ. އެގޮތުން، މީޑިއާތަކަށް ސީދާ ރައީސުލ...

ރައީސް މުޢިއްޒު އަންނަ މަހު ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ
Raajje

ރައީސް މުޢިއްޒު އަންނަ މަހު ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ސްރީލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހާމަކޮށްފިއެވެ. ސްރީލަންކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅާ ގުޅިގެން، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު އިމާދު އާއި، ސްރީލަންކާގެ ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރު ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވަވައި، ދެ ޤައ...

ރައީސް ޢުމްރާގެ އަޅުކަން ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި
Raajje

ރައީސް ޢުމްރާގެ އަޅުކަން ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މި ހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދުގެ ދަޢުވަތަކަށް ކުރެއ...

ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
Raajje

ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރަށްވާފައިވާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 އޭޕްރީލް 2026 ގައެވެ. މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގެ ފަޅުން ގާތްގަނޑަކަށް 11 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަޙައްދު ހިއްކުމަށްޓަކައި ޖުމްލަ 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެ އެވެ. Th. Gaadhiffushi Reclamation started. Recla...

ސިއްހީ ދިރާސާތަކުގެ އިންވެސްޓްމަންޓް އިތުރުކޮށް، ގައުމުތަކުގެ އެއްބާރުލުން ވަރުގަދަކުރުމަށް ރައީސް ގޮވާލައްވައިފި
Raajje

ސިއްހީ ދިރާސާތަކުގެ އިންވެސްޓްމަންޓް އިތުރުކޮށް، ގައުމުތަކުގެ އެއްބާރުލުން ވަރުގަދަކުރުމަށް ރައީސް ގޮވާލައްވައިފި

ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ރައްކާތެރިކުރުމުގައި ސައިންސުގެ އަލީގައި ކުރެވޭ ގުޅިފައިވާ މަސައްކަތްތަކުގެ މުހިންމުކަން އަލުން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި “ވަން ހެލްތު” އިސްނެގުމުގެ މައިގަނޑު ބާ...

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި
Raajje

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި

ތ. ވޭމަންޑޫ ބިން ހިއްކުމުގު މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަސައްކަތަށް ޖުމްލަ 882,693.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 12 މާރިޗު 2026 ގައެވެ. އަދި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް 04 އެޕްރ...

ކުޅިވަރަކީ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއް: ރައީސް
Raajje

ކުޅިވަރަކީ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއް: ރައީސް

ކުޅިވަރަކީ އިޖުތިމާޢީ ބަދަހިކަން ވަރުގަދަކޮށްދޭ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ތަރައްޤީއާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޅިވަރު ދުވަސް ނުވަތަ “އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް” ގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މި ދުވަހުން ކަށަވަރުކޮށްދެނީ ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތް، ސާދާ ނަމަވެސް ފުން މާނައ...