މައުމޫނަށް ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ މިއަދު އަރުވައިފިއެވެ. ރައީސް މައުމޫނަށް މި އައްޑަނަ އަރުވާފައި ވަނީ މިއަދު ހެނދުނު މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް ރައީސް މައުމޫނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު […]