މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ދޫކޮށްލި ކަނޑުގެ ބައި އަނބުރާ ހޯދަން ބުރަ މަސައްކަތެއް ވަނީ ކުރަން ޖެހިފައި: ރައީސް
Raajje

ދޫކޮށްލި ކަނޑުގެ ބައި އަނބުރާ ހޯދަން ބުރަ މަސައްކަތެއް ވަނީ ކުރަން ޖެހިފައި: ރައީސް

ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލީ ރޯމާދުވާލު ޤާނޫނުއަސާސީއާއި ވެސް ޚިލާފަށް ކަމަށާއި، އެކަން ހައްލުކޮށް، ގެއްލުނު ބައި އަނބުރާ ހޯދަން ވަނީ ބުރަ މަސައްކަތެއް ޖެހިފައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެ މަނިކުފާނުގެ ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި […]

''ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތްތައް އަންނަ އަހަރު ފެށޭނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް''
Raajje

''ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތްތައް އަންނަ އަހަރު ފެށޭނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް''

ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ފެށޭނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ޚާއްޞަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ ބޮޑު ޔަޤީންކ...

ރައީސް ސައޫދީ އަށް ވަޑައިގަންނަވައިފި
Raajje

ރައީސް ސައޫދީ އަށް ވަޑައިގަންނަވައިފި

ރައީސ ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރިތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އި...

އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރާ ހަތް ރަށް ކަނޑައަޅައިފި
Raajje

އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރާ ހަތް ރަށް ކަނޑައަޅައިފި

އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ހަތް ރަށް ކަނޑައަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ތަރައްގީކުރަން ނިންމާފައިވާ ރަށްތައް މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ.އުނގޫފާރު، ބ.އޭދަފުށި، ޅ.ނައިފަރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ދ. ކުޑަހުވަދޫގެ އިތުރުން ލ.ފޮނަދޫއެވެ. ރާއްޖޭގެ އެކިސަރަހައްދުތަކުގައި އާބަނ...

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޒާހިރު ޙުސައިނަށް އަރުވަނީ
Raajje

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޒާހިރު ޙުސައިނަށް އަރުވަނީ

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުމަށް ރަސް ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން...

ގައުމީ ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ހުރިހާ ރަށަކަށް ފުޅާކުރުމަށް މަޝްރޫޢުއެއް
Business

ގައުމީ ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ހުރިހާ ރަށަކަށް ފުޅާކުރުމަށް މަޝްރޫޢުއެއް

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢު މުޅިރާއްޖޭގައި ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އެއަށްފަހު މި މަޝްރޫޢު އިފްތިތާޙްކޮށްފައިވާއިރު، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒ...

ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި
Raajje

ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްފިއެވެ. ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއ...

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހްކޮށްފި
Raajje

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހްކޮށްފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް މިއަދު އިފުތިތާހުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ތަޢުލީމާއިބެހޭ ވުޒާރާއިން ބުނެފައިވަނީ މިއީ ތަމްރީނުވެފައި ތިބި، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުން ބިނާ ކުރުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ މުދައްރިސ...

ރައީސް އާއި ގުޅުވައި ދޮންމަންމާފުޅު ދެއްކެވީ "އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން"
Raajje

ރައީސް އާއި ގުޅުވައި ދޮންމަންމާފުޅު ދެއްކެވީ "އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން"

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދަވައި، ދެވަނަ ބުރުގެ ވޯޓު ކުޑަތަންވެފައި ވަނިކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި އިލްޒާމްތަކެއް އަޅުވައި ދިވެހި ނޫހެއްގެ ޑޮކިއުމެންޓަރީއަކަށް ދޮންމަންމާފުޅު ދެއްވި މައުލޫމާތުތައް ރައީސް މުޢިއްޒު މިއަދު ދޮގު ކުރަށްވައިފިއެވެ. މި ޑޮކިއުމެންޓަރީ އާއި ގުޅޭގޮތުން މީގެ ކުރީން ރައީސް ވާހަކަފުޅެއް ނުދައްކަވައެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާޙްކޮށްދެއްވުމަށްފ...

ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން ފަށައިފި
Raajje

ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން ފަށައިފި

ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން މިއަދު ފަށައިފިއެވެ. މި ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވާފައިވާއިރު، ރައީސްގެ ވާހަކަފުޅުގައި ވަނީ ތަރައްޤީގެ މާސްޓަރޕްލޭންގައި ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އިޤްތިޞާދަށް އިސްކަންދީގެން، ރައްޔިތުންނަށް ކުރިމަތިވެފައިވާ މައި ގޮންޖެހުންތައް ޙައްލުކުރުމުގެ ވިސްނުން އިސްކުރުމަށް އެދިވަޑައިގެންފައެވެ. އ...

''ހިޔާވެހި ފައިނޭންސް ޕްރޮގްރާމް'' އިފްތިތާހްކޮށްފި
Raajje

''ހިޔާވެހި ފައިނޭންސް ޕްރޮގްރާމް'' އިފްތިތާހްކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، އިމާރާތް ކުރުމަށް ލުއިލޯނު ލިބޭ ސްކީމް، ”ހިޔާވެހި ފައިނޭންސް ޕްރޮގްރާމް” މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަމާޒުކޮށްގެން ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ހިޔާވެހި ފައިނޭންސް ޕްރޮގްރާމްގެ ދަށުން މާލެ ސަރަޙައްދު، އަރބަން ސެންޓަރުތައް އަދި ވަކިވަ...

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް
Raajje

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ބަވަނަވެފައި މިއޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ ލޯތައް ހުޅުވެން ޖެހޭކަން ފާހަގަކުރަށްވައި މިހާރު ޤައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކޮންމެހެން އަބަދުވެސް، ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނ...

"ޝަހީދުންގެ ހިޔާ" 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެ: ރައީސް
Raajje

"ޝަހީދުންގެ ހިޔާ" 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެ: ރައީސް

“ޝަހީދުންގެ ހިޔާ”ގެ ނަމުގައި 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ޚިދުމަތާ ގުޅުންހުރި އެކި ޙާލަތްތަކުގައި ދިމާވި ޙާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައިވާކަމ...

މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި
Raajje

މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މިރޭ އަރުވައިފިއެވެ. މި ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް، އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު […]

ރައީސް ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި
Raajje

ރައީސް ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފިއެވެ. އެކަމަށްޓަކައި މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މައުރަޒު ހުޅުއްވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވާފައެވެ. ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024އިން ދައްކުވައިދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ....