މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
Raajje

ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަތާރު ހަސަނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑ...

ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަނީ
Thiladhunmathi News

ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަނީ

ހދ. ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލްގެ ގޮތުގައި ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. 1993 ވަނަ އަހަރުން ފެށިގެން 2016 އާއި ހަމައަށް ހަނިމާދޫގައި ތައުލީމް ފޯރުކޮށްދިން ސްކޫލް މިހާރު […]

ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ
Thiladhunmathi News

ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ނިމުމުގެ ކުރިން ޑަޔަލިސިސްގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ހަނިމާދޫގައި އަޅަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެކަން ފާހަގަކުރަށްވ...

ހަނިމާދޫގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާއި ހަވާލުކޮށްގެން ފަށަނީ
Raajje

ހަނިމާދޫގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާއި ހަވާލުކޮށްގެން ފަށަނީ

ހދ. ހަނިމާދޫ ގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަންނަ މަހު ހަވާލުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލްގެ ގޮތުގައި ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ހަނިމާދޫގެ ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވަމުން ވި...

ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބަޖެޓްގައި ހިމަނަނީ
Raajje

ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބަޖެޓްގައި ހިމަނަނީ

އަންނަ 2026 އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފިނޭ ސްކޫލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރު ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ އެދުމަކީ ސްކޫލް ރީ-ލޮކޭޓްކުރުން ކަމަށާއި، މިއީ އަދި ސަރުކާރުން...

ހަނިމާދޫ އެއާޕޯޓު ނޮވެމްބަރުގައި ހުޅުވުމަކީ އަމާޒު، ބޭރަށް ފުރާ މީހުންނަށް ޑޮލަރު ގަނެވޭނެ
Thiladhunmathi News

ހަނިމާދޫ އެއާޕޯޓު ނޮވެމްބަރުގައި ހުޅުވުމަކީ އަމާޒު، ބޭރަށް ފުރާ މީހުންނަށް ޑޮލަރު ގަނެވޭނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ލަސްވެގެން އަންނަ ނޮވެމްބަރާއި ހަމައަށް ނިންމައި، ނޮވެމްބަރުމަހު އެއާޕޯޓް ފުރިހަމައަށް ބޭނުންކުރެވޭގޮތް ހެދުމަކީ އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ހަނިމާދޫގައި އެނ...

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހދ. ހަނިމާދޫ ސްކޫލްގައި އައު އިމާރާތެއް އަޅައި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު ހދ.އަތޮޅަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެވެ. އެޑިޔުކޭޝަންގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓ...

ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
Raajje

ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިރޭ  އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ފިނޭ ކައުންސިލްގެ ރައީސް އަދުނާން ޢަބުދުﷲ އެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ. ފިނޭ ރައްޔިތުންނާ ބައްދަލުކުރަށްވައި […]

ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
Raajje

ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ފިނޭގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މި ކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އެމްޓީސީސީއ...

ފިނޭގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ފިނޭގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ފިނޭގައި އޭޓީއެމްގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ބީއެމްއެލުން ބުނިގޮތުގައި ފިނޭގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާ...

ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
Raajje

ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް

ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދުނު ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފިނޭ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ފިނޭގައި މިވަގުތު...

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ
Raajje

ކޮންމެ ގޯއްޗަކަށް ގޯއްޗެއް، ހިރިމަރަދޫ މީހުން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫ އަށް ބަދަލުކުރަނީ

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ހިރިމަރަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށު ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށެވެ. އަދި ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގޯއްޗެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. ރަ...

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް
Thiladhunmathi News

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫޢޫ އާއި ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށްދޭ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ގާއިމުކުރަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން ޢިއުލާންކޮށްފައި ވަނީ 1 ފެބްރުއަރީ 2025 ގައެވެ. ހދ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަތު...

އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ
Raajje

އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ހއ. އުތީމަށް ވަޑައިގެންނެވުމަށްފަހު މެންދުރުފަހު ރައީސް ވަނީ ހދ. އަތޮޅު ދަތުރުފުޅު ފައްޓަވާފައެވެ. މި ދަތުރުފުޅުގައި ފުތަރަމަ މަންޒިލެއް ގޮތުގައި ރައީސް ވަޑައިގަތީ ހިރިމަރަދޫ އަށެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަ...

''ޙަޤީޤީ ކުރިއެރުމަކީ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން''
Raajje

''ޙަޤީޤީ ކުރިއެރުމަކީ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން''

ޙަޤީޤީ ކުރިއެރުމަކީ ކޮންމެ މީހެއްގެ ސިކުނޑި ތަރައްޤީކޮށް، ޤައުމިއްޔަތު އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 1447 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތުގެ މާޒީއަށް އަލިއަޅުއްވާލައްވައި، އުތީމު މަހާރަދުންނާއި، އެހެން އަބް...