ތަރައްގީގެ 1،875 މަޝްރޫޢު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަހިނގާ: ރައީސް
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ 1،875 މަޝްރޫޢު ހިނގަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން، ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...