ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، “ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026” ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯހޯލުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އެކަމަނާ ވަނީ މުބާރާތުގެ އޮފިޝަލް ޗެމްޕިއަންޝިޕް ބޯޅައިގައި ސޮއިކުރައްވާފައެވެ. މި ޗެމްޕިއަންޝިޕް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. 7 މ...