އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު ގައި މިއަދު ހަވީރު 15:45 ގައި ބައްދަލުކުރާނީ 13 އަހަރުން ދަށުގެ ށ. ފުނަދޫ ސްކޫލާއި ހދ. ނެއްލައިދޫ ސްކޫލެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލެވެ. މިއީވެސް 13 އަހަރުން ދަށުގެ މެޗެކެވެ.

Ad
rt

މީގެ އިތުރުން މިރޭ ވެސް ދެ މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ.

17 އަހަރުން ދަށުގެ އުމުރުފުރައިގެ ދެ މެޗު މިރޭ ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖަލާލުއްދީން ސްކޫލާއި ނޮޅިވަރަމް ސްކޫލެވެ. މި މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ. މިރޭ 9 ޖަހާއިރު ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަފީފުއްދީން ސްކޫލާއި ނެއްލައިދޫ ސްކޫލެވެ.

ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތައް ވަނީ ބައިވެރިކޮށްފަ އެވެ.