އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: މިއަދު ހެނދުނުގެ މެޗުތައް ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ކުމުންދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނީ 15 އަހަރުން ދަށުގެ ދެ މެޗެވެ.

Ad
rt

ހެނދުނު 6 ޖެހިއިރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލެވެ. މި މެޗު 18 ޝޫޓު 8 ޝޫޓުން ކާމިޔާބުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ތައުލީމީ މަރުކަޒުގެ ރިޒްވާނާ އިބްރާހިމް އެވެ.

މިއަދު ކުޅުނު ދެވަނަ މެޗުގައި ހެނދުނު 7 ޖެހިއިރު ވާދަކުރީ ނެއްލައިދޫ ސްކޫލާއި ކުމުންދޫ ސްކޫލެވެ. 22 ޝޫޓު 7 ޝޫޓުން ކުމުންދޫ ސްކޫލް ކާމިޔާބުކުރި މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ކުމުންދޫ ސްކޫލުގެ މަރިޔަމް މިޝްގާ އަހްމަދު އެވެ.

މި މުރާބާތުގައި ރޭ 8 ޖެހިއިރު ކުޅުނު މެޗުގައި 13 އަހަރުން ދަށުގެ ދެޓީމު ކަމަށްވާ ޖަލާލުއްދީން ސްކޫލާއި ނޮޅިވަރަމް ސްކޫލް ބައްދަލުކޮށް ނިމުނީ 13 ޝޫޓު 13 ޝޫޓުން ދެޓީމު އެެއްވަރުވެގެން ނެވެ. ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ޖަލާލުއްދީން ސްކޫލުގެ އައިޝަތު އަމަތުﷲ އެވެ. 9 ޖެހިއިރު ކުޅުނު ދެވަނަ މެޗު އަފީފުއްދީން ސްކޫލުން ކާމިޔާބުކުރީ ނެއްލައިދޫ ސްކޫލާ ބައްދަލުކޮށްގެން ނެެވެ. 13 އަހަރުން ދަށުގެ މި މެޗު އެ ޓީމުން ކާމިޔާބުކުރީ 52 ޝޫޓު 3 ޝޫޓުން ނެވެ.

ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ އަފީފުއްދީން ސްކޫލުގެ ލަމްޔާ އަބްދުﷲ އެވެ.

މިއަދާއި މިރޭ ވެސް، މި މުބާރާތުގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ހަވީރު 15:45 ގައި ފުނަދޫ ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 16:45 ގައި ނެއްލައިދޫ ސްކޫލު ނުކުންނާނީ ޖަލާލުއްދީން ސްކޫލާ ދެކޮޅަށެވެ. މިއީ 13 އަހަރުން ދަށުގެ ދެ މެޗެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ 17 އަހަރުން ދަށުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި މިރޭ 8 ޖަހާއިރު، ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ވާދަކުރާއިރު، 9 ޖަހާއިރު ނޮޅިވަރަމް ސްކޫލް ނުކުންނާނީ އަފީފުއްދީން ސްކޫލާ ދެކޮޅަށެވެ.

މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތައް ވަނީ ބައިވެރިކޮށްފަ އެވެ.