ރަށުތެރޭގައި ރޯގާ ބާރުވެ، ހދ. ނޮޅިވަރަމު ކައުންސިލުން ހިންގާ ޕްރީ ސްކޫލް ބަންދުކޮށްފި އެވެ.
މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ އެރަށުގައި މިދުވަސްވަރު ހުން އައިސް ރޯގާ ޖެހި ކެއްސާ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގެ މައުލޫމާތު ނޮޅިވަރަން ސިއްހީ މަރުކަޒުން އެ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ފަހަކަށް އައިސް ޕްރީ ސްކޫލަށް ކިޔަވަން އަންނަ ދަރިވަރުން ވަރަށް ބޮޑު ތަނުން މަދުވެފައި ވުމާއެކު، މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަަތަކަށް އެކައުންސިލުން ހިންގާ ޕްރީ ސްކޫލް ބަންދުކުރަން ނިންމާފައިވާ ކަމަށް ވެސް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެފަވެއެވެ.
ރޯގާގެ ސަބަބުން ނޮޅިވަރަމު ކައުންސިލުން ހިންގާ ޕްރީ ސްކޫލް ހަފުތާއަކަށް ބަންދު ކުރަން ނިންމާފައިވާއިރު، ކޯވިޑްގެ ބަލިމަޑުކަން ވެސް އަދިވެސް އަތޮޅު ތެރޭގެ ރައްތަކަށް ދަނީ ފެތުރެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!