•  
  •  
  •  
  •  
  •  
  •  
  •  

ހދ.ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކުގެ އަމަލީ މަސައްކަތް މި މަހުގެ ފަސް ވަނަ ދުވަހު ފަށާނެ ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ހުރި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެ ހޮސްޕިޓަލަށް ބޭނުންވާ ސުޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ޑޮކްޓަރުންނާއި އިންޓަވިއުކޮށް ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް 100 އެނދުގެ އާ އިމާރާތެއް އެޅުމަށް މިސަރުކާރުން ވަނީ ނިންމާފައެވެ. މިނިސްޓަރު ވަނީ އެކަމަށް ކުރަން ޖެހޭ ކަންކަން ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކުރައްވާ، ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރައްވައި، މިނިސްޓަރ އަމީން ވިދާޅުވީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން މާލެ ނުފޮނުވައި އެ ހޮސްޕިޓަލުގައި ފަރުވާ ދެވޭ ކަމަށެވެ.

“އޭގެ އިތުރުން އެމްއާރުއެމްގެ ހިދުމަތް ފެށުމާއި މެމޮގްރަފީ އާއި ހިދުމަތްފެށުމަށް ބޭނުންވާ ސާމާނު ގެނައުމަށް މިހާރު ވަނީ ހަވާލުކޮށްފައި،”

މިނިސްޓަރު ވިދާޅުވި އެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ