ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހދ. އަތޮޅު ސިއްހީ މަރުކަޒުތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އަމީން ވަނީ ހދ އަތޮޅު ސިއްހީ މަރުކަޒުތަކަށް ދިމާވާ ދަތިތަަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި އަތޮޅުގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން މަސްވަރާކުރައްވާފައިވެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އަމީން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތީ ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ހިދުމަތާއި ސީ.ޓީ.ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އަދި ހދ އަތޮޅުގެ ސިއްހީ ނިޒާމުގެ ހާލަތު ބައްލަވައި ލެއްވުމަށެވެ.
މިނިސްޓަރ އަބްދުﷲ އަމީން ހދ. އަތޮޅު ސިއްހީ މަރުކަޒުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ދިމާވާ ދަތިތަަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން. pic.twitter.com/l2pUdtHCbY
— Ministry of Health (@MoHmv) October 11, 2019
ރޭ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންވެސް އަމީން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަކަމަށާއި، މިކަން ކާމިޔާބު ވާއިރު ނަފްސާނީ ބަލިތަކަށް ވެސް އެ ސަރަހައްދުތަކުން ރަނގަޅު ފަރުވާ ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭގެތެރޭގައި ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!