ހއ. ހޯރަފުށީގައި ތަރައްގީކުރި "އިސްކޮއި ޕާކު" ހުޅުވައިފި ހުޅުވައިފިއެވެ.
މި ޕާކު ހުޅުވާފައިވަނީ މިއަހަރުގެ އަޟުހާ އީދާއި ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ އީދުވެދުމާ ދިއުމާއި އީދު ބަޑި ރޯކުރުމާ އެކުގައެވެ.
އެރަށު ކައުންސިލުން ވިދާޅުވެފައިވަނީ މި ޕާކު ހުޅުވީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިންނާ އިސްރަށްވެހީންގެ ބައިވެރި ވުމާއެކުގައި ކަމަށެވެ.
"އައި އޭސީ ރެފްރިޖިރޭޝަން" ގެ ސީއެސްއާރުގެ ތެރެއިން ގާއިމް ކޮށްފައިވާ މި ޕާކު ފަރުމާ ކުރެވިފައިވަނީ ރަށުގެ ތާރިހާއި ގުޅޭ އަދި އިސްރަށްވެހީންނާ ވެސް ގުޅޭ ގޮތަށެވެ. އަދި މި ޕާކުގައި ރާޒުވާ އާއި ތިންހަމަ ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ކުޑަކުދީންނަށް ހާއްސަ ކުޅޭ ސެޓަކާއި އެކު ފަރުމާކޮށްފައިވާ ޕާކު ހުޅުވައިދެއްވީ ކައުންސިލް މެމްބަރުންނާއި އައި އޭސީ ރެފްރިޖިރޭޝަންގެ މެނޭޖަރ އިބްރާހީމް އާދަމް އެވެ.
މިފަދަ ޕާކެއް އެ ރަށުގައި ތަރައްގީކޮށްދެއްވީތީ ހޯރަފުށީކައުންސިލުން ވަނީ އައި އޭސީ ރެފްރިޖިރޭޝަންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދެއްވާފައެވެ.
މީގެ އިތުރުން އެ ކުންފުންޏަށާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމަށް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ހޯރަފުށީގައި މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ވަނީ ‘’ކޮއި ޕާކު’’ ނަމުގައި ކުޑަކުދިންގެ ޕާކެއް ވެސް ހުޅުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!