މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ.ހަނިމާދޫ

445 Stories filed
އީ-ޓުކުރި "ކޮމިއުނިޓީ އޮންލައިން ޝޮޕް" އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި
Thiladhunmathi News

އީ-ޓުކުރި "ކޮމިއުނިޓީ އޮންލައިން ޝޮޕް" އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި

މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ރަށްރަށުގައި އުފައްދާތަކެތި ގަނެވިއްކައި ހެދޭ “ކޮމިއުނިޓީ އޮންލައިން ޝޮޕް” އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި އޮންނާނެއެވެ. ކޮމިއުނިޓީ އޮންލައިން ޝޮޕް އަކީ ރަށު ފެންވަރުގައި އުފައްދާ ތަކެތި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯރމް މެދުވެރިކޮށް ގަނެވިއްކައި ހެދޭ ” ރަށު އޮންލައިން ފިހާރަ” އެކެވެ. މި އޮންލައިން ޝޮޕް މެދުވެރިކޮށް ރަށުގައިތިބެ ތަފާތު އުފެއްދުންތައް އުފައްދައި މުޅި ރާއްޖެއަށް އިޝްތިހާރުކޮށް، ފަސޭހަކަމާއިއެކު ގަނެވިއްކައ...

ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
Thiladhunmathi News

ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަނިމާދޫގެ މިސްކިތްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ 24 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުއެވެ. ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް އޯގަސްޓް މަހުގެ 27 ވަނަ ދުވަހާ...

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް
Thiladhunmathi News

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ. 1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ “އިންޓަނޭޝަނަލް ޔޫތުޑޭ” އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން 13 އޯގަސްޓް 2021 ވީ ހުކުރު ދުވަހު ހަނިމާދޫގައި ހިންގި އިވެންޓް ތަކުގެ ތެރޭގައި ހަނިމާދޫގެ ކައިޓް ސާފަރުންނާއި އއ. އުކުޅަސް ކައިޓް ސާފަރުން ގުޅިގެން ވަނީ ހަނިމާދޫގެ ފަޅުގައި އެ ޒުވާނުންގެ […]

ސާއްބަ އެކުވެރި ކުލަބުން ހަނިމާދޫގައި ހޭންޑްބޯލް ކޭމްޕެއް ހިންގައިފި
Thiladhunmathi News

ސާއްބަ އެކުވެރި ކުލަބުން ހަނިމާދޫގައި ހޭންޑްބޯލް ކޭމްޕެއް ހިންގައިފި

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިސްނަގައިގެން ހަނިމާދޫގައި ހޭންޑްބޯލް ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ. ހަނިމާދޫގައި ހޭންޑްބޯލް ކުޅޭ ކުޅުންތެރިން އިތުރުކޮށް އެ ކުޅިވަރު އެ ރަށުގައި ކުރިއެރުވުމުގެ މަޤުޞަދުގައި 30 ޖުލައި 2021 އިން 06 އޯގަސްޓް 2021 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޭމްޕް ވަނީ ފަސްދޮޅަހަށްވުރެ ގިނަ ބައިވެރިން ފުރިހަމަ ކޮށްފައެވެ. މި ކޭމްޕްގައި ވަނީ ހޭންޑްބޯޅައިގެ ޤަވައިދަށް ބައިވެރިން އަހުލުވެރި ކުރުވުމުގެ ގޮތުން ޤަވައިދު ކިޔައިދީ ދަސްކޮށްދިނުމުގެ ސެޝަންތަކެއް ކުރިއަށް […]

ނައިބް ރައީސް ފައިޞަލް، ހުނަރުވެރިޔާ ހުސެއިންއަށް ގުޅައި ހިތްވަރު ދެއްވައިފި
Thiladhunmathi News

ނައިބް ރައީސް ފައިޞަލް، ހުނަރުވެރިޔާ ހުސެއިންއަށް ގުޅައި ހިތްވަރު ދެއްވައިފި

ބައުވެ އުކާލެވޭ ތަކެތި ބޭނުން ކޮށްގެން ބޭނުންތެރި ތަފާތު މެޝިންތައް އުފައްދަމުން އަންނަ ހދ. ހަނިމާދޫ އަތަމާގޭ ހުސެއިން އަލީއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ. މިކަމާއި ގުޅިގެން ތިލަދުން ނޫހާއި ވާހަކަ ދައްކަމުން ހުސެއިން ބުނެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނައިބް ރައީސް ގުޅުއްވި ކަމަށެވެ. ހުސެއިން އިތުރަށް ބުނެފައިވަނީ މިފަދަ ތަފާތު މެޝިންތައް އުފައްދުމުގެ ވިސްނުން ގެންގުޅެނީ މަސައްކަތުގައި ދިމާވާ ތަފާތު އުނދަގޫތަކަށް ލުއި...

ތިލަދުންމަތީ ހުނަރުވެރިން: ހުސެއިންގެ ހުނަރުން މެޝިނަކަށްފަހު މެޝިނެއް
Report

ތިލަދުންމަތީ ހުނަރުވެރިން: ހުސެއިންގެ ހުނަރުން މެޝިނަކަށްފަހު މެޝިނެއް

ހަލާކުވެ ނުވަތަ ބާވެގެން އެއްލައިލާ މޯޓަރެއްފަދަ އެއްޗެއް އެކި މީހުންނަށް ފެންނަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އޭގެން އެއްވެސް ބޭނުމެއް ދެން ނުކުރެވޭނެ ކަމުގައި ވިސްނުނަސް އަނެއްބަޔަކަށް އެ ފެންނަނީ ވަރަށް ގިނަ ބޭނުންތަކެއް އޭގެން ހިފިދާނޭފަދަ އެއްޗެއްގެ ގޮތުގައެވެ. ހދ. ހަނިމާދޫ އަތަމާގޭ ހުސެއިން އަލީއަކީ މިފަދަ ބައު ތަކެތި ބޭނުން ކޮށްގެން ބޭނުންތެރި ސާމާނު އުފެއްދިދާނެކަން ދައްކުވައި ދެމުން އަންނަ ހުނަރުވެރި ކެރޭ ޒުވާނެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވޯކްސޮޕްގައި މަސައްކަތް ކުރަމުން އަން...

ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންދާ މަގުތައް ބޭނުންކުރަންވާނީ ހުޅުވާލުމުން: ކައުންސިލް
Thiladhunmathi News

ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންދާ މަގުތައް ބޭނުންކުރަންވާނީ ހުޅުވާލުމުން: ކައުންސިލް

ހަނިމާދޫގައި ތާރުއަޅަމުންދާ މަގުތައް ނިންމައި ބޭނުން ކުރުމަށް ހުޅުވާނުލަނީސް އެ މަގުތައް ބޭނުން ނުކުރުމަށް ހަނިމާދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންގެންދާ މަގުތަކުގެ ތެރެއިން ތާރު ފަށަލަ އެޅުމަށްފަހު އެމަގުތައް ވަކިގަޑިތަކެއް ވަންދެން ބޭނުން ނުކޮށް ތާރުހިކުމަށް ބާއްވަންޖެހޭތީ، ބޭނުންކުރުން މަނާ ކުރެވިފައިވާ މަގެއްކަން އެންގުމަށްޓަކައި އިންޒާރުގެ ޓޭޕް ދަމާފައިވަނިކޮށް، އެޓޭޕް ކަނޑާލުމަށްފަހު މަގ...

ޚަލީލްގެ ކޮލަމް: ރިއްމަސް ހިފުން
Thiladhunmathi News

ޚަލީލްގެ ކޮލަމް: ރިއްމަސް ހިފުން

ރާއްޖޭގެ ބައެއް ހިސާބުތަކުގައި މި މަހަށް ރިތްމަސް ކިޔާއުޅެއެވެ. ރިއްމަސް ވެސް ލިޔެފައި ހުންނާތީ ފެނެއެވެ. ހަނިމާދޫގައި މި މަހަށް ކިޔާއުޅެނީ “ރިންމަސް” އެވެ. ވުމާއެކު މި ލިޔުމުގައި އަޅުގަނޑު މި މަހަށް މުޚާތަބު ކުރާނީ “ރިންމަސް” ގެ ނަމުންނެވެ. ދިވެހިރާއްޖޭގެ ބަސްފޮތުގައި ލިޔެފައިވަނީ “ރިއްމަސް”އެވެ. އަދި “ދިވެހިރާއްޖޭގައި އުޅޭ މަސްތައް” މި ފޮތުގައި މި މަހަށް މުޚާތަބު ކުރެވިފައި ވަނީ “ރިތްމަސް” ގެ ނަމުންނެވެ. އެ ފޮތުގައި މި މަހާއި ގުޅޭގޮތުން ހިމަނާފައިވާ އިތުރު މަޢުލޫމާތުގައި […]

ޒުވާނުން އިސްނަގައިގެން ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގު ވަޒަންކޮށްފި
Thiladhunmathi News

ޒުވާނުން އިސްނަގައިގެން ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގު ވަޒަންކޮށްފި

ހަނިމާދޫއަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދީފައިވާ ކުރީގެ ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ހާއްޞަ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ. މި މެޗު ހާއްސަ ކޮށްފައިވަނީ 1995 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު ހަނިމާދޫއަށް އަތޮޅު ފެންވަރުގައްޔާއި އަދި ރާއްޖޭގެ ފެންވަރުގައި ފުޓްބޯޅައިން ރަށަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިންނަށެވެ. މި މެޗުގައި އިދިކޮޅުން ވާދަ ކޮށްފައިވަނީ 2006 ވަނަ އަހަރުން ފެށިގެން […]

ހަނިމާދޫ ބިމާބެހޭ ގޮތުން ކުރިން މެސެޖުތައް ލިބިފައި ހުރީ އެހެންގޮތަކަށް
Thiladhunmathi News

ހަނިމާދޫ ބިމާބެހޭ ގޮތުން ކުރިން މެސެޖުތައް ލިބިފައި ހުރީ އެހެންގޮތަކަށް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެ ބައެއް މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް އިތުރު ކުރުމާމެދު އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން މެސެޖުތައް ލިބިވަޑައިގެންފައި އޮތީ އެހެން ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި އިއްޔެ ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝ...

ރައީސް ދެއްވި ޔަގީންކަން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ބޭރުބަޔަކަށް ނުދޭނެ
Thiladhunmathi News

ރައީސް ދެއްވި ޔަގީންކަން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ބޭރުބަޔަކަށް ނުދޭނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްފަހު އެތަން ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި އިއްޔެ ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާގެ ތެރެއިން ރައީސް ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުނު ނަމަވެސް އެ އެއާޕޯޓު ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެފަ...

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް 2023 ޖޫންގެ ނިޔަލަށް ނިމޭނެ
Thiladhunmathi News

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް 2023 ޖޫންގެ ނިޔަލަށް ނިމޭނެ

1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ތަރައްޤީކުރުމަށް ނިންމާފައިވާ، “ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް” ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން ސަރުކާރުން މިއަދު އާންމުކޮށްފި އެވެ. މިގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން މިއަދު އާންމު ކުރެއްވި ޓައިމްލައިންގައިވާ ގޮތުން މި މަޝްރޫޢުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން 29ގެ ނިޔަލަށް ނިންމާލާނެއެވެ. މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓާއި ޕްރީކޮލިފިކޭޝަން މަސައްކަތް މިހާރު ނިންމާފައިވާއިރު، މި މަޝްރޫއުގެ ޓޭންޑާ މަސައްކަތ...

ޚަލީލްގެ ކޮލަމް: ހަނިމާދޫ ފުޓްބޯޅަ ދަނޑު (ފުރަތަމަ ބައި)
Column

ޚަލީލްގެ ކޮލަމް: ހަނިމާދޫ ފުޓްބޯޅަ ދަނޑު (ފުރަތަމަ ބައި)

ލިޔުމުގެ ހުލާސާ: ހަނިމާދޫއަކީ ފުޓްބޯޅައިގައި ދިގު ތާރީޚެއް އޮތް ރަށެކެވެ. ޒަމާނަށް އަންނަމުންދިޔަ ބަދަލުތަކާއިއެކު ފުޓްބޯޅަ ކުޅެން ބޭނުން ކުރެވެމުން އައިސްފައިވާ ދަނޑުތައް ވެސް އައީ ބަދަލުވަމުންނެވެ. މިގޮތުން މި ލިޔުމުގައި ކިޔުންތެރިންނަށް ހިއްސާ ކޮށްލަން ގަސްތުކުރަނީ ހަނިމާދޫގައި މިހާރު ފުޓްބޯޅަ ކުޅެން ބޭނުން ކުރަމުން އަންނަ ދަނޑުގެ ބިން އަލިކޮށް ބޭނުން ކުރަން ފެށުނު ހިސާބުން މިއަދާ ހިސާބައް އެތަނުގެ ކަންކަން ހިނގާދިޔަ ގޮތުގެ މައްޗަށެވެ. ހަނިމާދޫގައި މިހާރު ފުޓްބޯޅަ ކުޅުމަށް ބޭނުން ކުރެވެމުންދާ...

ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގުވަޒަން ކުރުމުގެ ގޮތުން ޢީދު ދުވަހު ހާއްސަ ފުޓްބޯޅަ މެޗެއް
Thiladhunmathi News

ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގުވަޒަން ކުރުމުގެ ގޮތުން ޢީދު ދުވަހު ހާއްސަ ފުޓްބޯޅަ މެޗެއް

ހަނިމާދޫއަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދީފައިވާ ކުރީގެ ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ހާއްޞަ ފުޓްބޯޅަ މެޗެއް ކުޅުމަށް އެ ޒުވާނުން ތައްޔާރުވާން ފަށައިފިއެވެ. މި މެޗު ހާއްސަ ކޮށްފައިވަނީ 1995 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު ހަނިމާދޫއަށް އަތޮޅު ފެންވަރުގައްޔާއި އަދި ރާއްޖޭގެ ފެންވަރުގައި ފުޓްބޯޅައިން ރަށަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިންނަށެވެ. ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ ގޮތުގައި އެ...

33 ދުވަސް ފަހުން ހަނިމާދޫގެ މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

33 ދުވަސް ފަހުން ހަނިމާދޫގެ މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މޮނިޓަރިން ހާލަތަށް ލާފައި އޮންނަތާ 33 ދުވަސްފަހުން ހަނިމާދޫ އެ ހާލަތުން ވީއްލައިފިއެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އެނގިފައިވަނީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ހަނިމާދޫ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނިމާދޫ މޮނިޓަރިން ހާލަތުން ނެގީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. “ވޭތުވެދިޔަ 34 ދުވަހަކީ ހަނިމާ...