ޓާސްކިން އެޕުން ހޯދާ ޚިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި
އުރީދޫ ފިންޓެކްގެ “އެމް-ފައިސާ” މެދުވެރިކޮށް “ޓާސްކިން” އެޕްލިކޭޝަންގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިކަން އެ ކުންފުނިން އިޢުލާނުކޮށްފިއެވެ. އެމް-ފައިސާގެ ޚިދުމަތް ގުޅުވާލުމާއެކު، އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ޓާސްކިން މެދުވެރިކޮށް ހޯދާ ކޮންމެ ޚިދުމަތަކަށްވެސް އެމް-ފައިސާ ވޮލެޓު ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށް އުރީދޫ ފިންޓެކުން ބުންޏެވެ. ޓާސްކިން ފަދަ ޕްލެޓްފޯމްތަކުގައި ޑިޖިޓަލް މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގުފަހިކޮށްދިނުމަކީ، ދުވަހެއް ދުވަހަކަށް ކ...