ފޭސް ދެއަކުން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން މާލެ އަށް ސީދާ ބަސް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތުރުތައް ފަށާނީ އަންނަ ހަފުތާ ބުދަ ދުވަހު ކަމަށެވެ. ޓްރެފިކް މާ ގޯސް ނޫން ނަމަ، ބަސްތައް އަންނާނީ ކޮންމެ އެއް ގަޑިއިރަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއަހަރުގެ ޖުލައި މަސް […]