ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން މަގުތަކުގައި ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްތަކާއި ފެންހިންދާ ނިޒާމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން ޕޭވަމަންޓް މަސައްކަތުގެ 65 އިންސައްތަވެސް ވަނީ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރާނެއެވެ. އަދި 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމް ކުރާނެއެވެ.
މީގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމް ކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިިޔަވަހީގެ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އެމްޓީސީސީން ވަނީ ނިންމާފައެވެ. އެފިޔަވަހީގެ ދަށުން 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ވަނީ ތާރުއަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!