ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން މާލެ އަށް ސީދާ ބަސް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތުރުތައް ފަށާނީ އަންނަ ހަފުތާ ބުދަ ދުވަހު ކަމަށެވެ. ޓްރެފިކް މާ ގޯސް ނޫން ނަމަ، ބަސްތައް އަންނާނީ ކޮންމެ އެއް ގަޑިއިރަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ބަހުގެ ހިދުމަތް މިހާރު ފޭސް ދެއަކަށް ލިބެނީ ފޭސް އެކަކަށް ބަސް ހުއްޓައި އެތަނަށް އެހެން ބަހެއް ދިއުމުން އެއަށް އަރައިގެން މާލެ އަންނަން ޖެހޭ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!