ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަސައްކަތް ނިމުމާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައު މި މަޝްރޫއުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ވޯޑް އިމާރާތުގެ 99 އިންސައްތަ އާއި އައިސީޔޫގެ 83 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްޜޫޢުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!