ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ 74 އިންސައްތަ ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދާނެއެވެ. އަދި 25،909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝަރޫއުގެ ތެރޭގައި ހިމެނެއެވެ.
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ކާސްޓިންގ މަސައްކަތްތަކުގެ 74 ޕަސެންޓް ވަނީ ނިމިފައި. އަދި މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް.#MTCCProjects #RayyithungeKunfuni pic.twitter.com/z6EhOWDyaK
— MTCC Plc (@MTCCPlc) February 16, 2022
މިއީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!