ކ. ގިރިފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދިޔައީ އިއްޔެއެވެ. މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ބެޑް ޕްރިޕަރޭޝަން މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ބޭރުތޮށި ލުމާއި، 46 މީޓަރުގެ ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!