އީދުގައި ކުޅުދުއްފުށީގައި ބާއްވާ "ކުރުނބާ އީދު ގެ" ހެދުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ކުޅުދުއްފުށި ސިޓީގައި ބާއްވާ “ކުރުނބާ އީދުގެ މުބާރާތް 1445” ގައި ބައިވެރިވާން ހުޅުވާލައިފިއެވެ. ކުޅުދުއްފުށީގައި އީދުވިލޭރެއާއި ދިމާކޮށް އީދުގެ (ކުރުނބާ އީދުގެ) ހެދުމަކީ ސަގާފީކޮށް ކުރަމުން އައި ކަމެކެވެ. އާންމުގޮތެއްގައި މިފަދަ އީދު ގެ ތައް ހުންނަނީ ގޭގޭގެ ހުސްތަނެއްގައި، އޭރު ކިޔާގޮތުންނަމަ ބޭރުގޭގައެވެ. ސައިޒުން ކުޑަކޮށް ހަދާފައި ހުންނަ އީދު ގެ ތަކަކީ މައްޗަށް އަށިއަޅައި އަށިމަތީ ކުނާއަޅައި މެދުގައި ވަސް މުޑިއެއް ޖަހައި ވަށައި ސާޅިއެލުވާފައި […]