ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި "ވޯކްޝޮޕް އޮން ސާވިސް އެކްސެލެންސް: އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ" ވޯކްޝޮޕްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުގަ އެވެ.

Ad
rt

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިޕޮލިސް އާސިމް ޢަބްދުﷲއެވެ. ރަސްމިއްޔާތުގައި ޕޮލިހުގެ އިސް އޮފިސަރުންނާއި އުރީދޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ވޯކްޝޮޕްތައް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މިފަދަ ތަމްރީނު ޕްރޮގްރާމުތައް އިތުރަށް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފުން މިފަދަ ތަމްރީނުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ވޯކްޝޮޕަކީ ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މިދިޔަ އެޕްރީލް 16 އިން 17 އަށް ކުރިއަށް ގެންދެވުނު ތަމްރީނެކެވެ. ވޯކްޝޮޕްގެ މަޤްޞަދަކީ ކަސްޓަމަރ ސާވިސްގެ އުކުޅުތައް އިތުރަށް ފުރިހަމަކުރުމަށް މުވައްޒަފުންނަށް ތަމްރީނު ދިނުމެވެ. މި ވޯކްޝޮޕްގައި 39 މުވައްޒަފުން ބައިވެރިވިއެވެ.

ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނަށް އުރީދޫ ކޯލް ސެންޓަރަށް ޒިޔާރަތްކޮށް، އެތަނުގެ މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް، މަޢުލޫމާތު އޮޅުންފިލުވައި އަދި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބަލައިލުލައިލުމުގެ ފުރުސަތު ލިބުނެވެ.

ރަސްމިއްޔާތުގައި، ވޯކްޝޮޕް ފުރިހަމަކުރި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެވުނެވެ. މި ވޯކްޝޮޕަކީ ޕޮލިހުގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.