މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ދޮށީ އުމުރުގެ މީހެއް މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިލަކުންޖެހި އެކްސިޑެންޓެއް
Raajje

ދޮށީ އުމުރުގެ މީހެއް މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިލަކުންޖެހި އެކްސިޑެންޓެއް

ހުޅުމާލޭގައި، ދޮށީ އުމުރުގެ ދިވެހި އަންހެނަކު މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިކަލަކުން ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހުޅުމާލެ ފޭސް 1، ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވަމުންދިޔަ ސައިކަލެއް، ޒެބްރާ ކްރޮސިންގއަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 14:16 ހާއިރުކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ހިމެނޭ...

މޫސުން ގޯސްވުމުން މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފި
Raajje

މޫސުން ގޯސްވުމުން މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފި

މިހާރު ގަދަވަޔާއިއެކު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މޫދު ކުޅިވަރުތައް މަޑުޖައްސާލަން ދިވެހި ފުލުހުންގެ އިދާރައިން އިލްތިމާސް ކޮށްފިއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުން ވިދާޅުވީ މޫސުން ގޯސްވަގުތަކަށްވާތީ މޫދުކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅު ނުވަނީސް ކުރިއަށް ނުގެންދިއުމަށް އެދޭ ކަމަށެވެ. ފުލުހުން ވިދާޅުވީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި، އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ...

ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި
Raajje

ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ އެ އަތޮޅު ދުވާފަރަށް ގޮސްފައިވާކަން އެނގިއްޖެއެވެ. ފުލުހުން ބުނީ އެމީހާ ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު މިރޭ 22:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ ގެއްލިގެން ހޯދަން ފެށީ ހަވީރު ކެނޯގައި ރިސޯޓުން ފުރިގޮތަށް ޚަބަރެއް ނުވެގެންނެވެ. ފުލުހުންނަށް މިކަން ރިޕޯޓް ކުރީ މިރޭ 8:43 ގައެވެ. މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ […]

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިއްޖެ
Raajje

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިއްޖެ

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މިއަދު ހަވީރު ރ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ ކެނޯއެއްގައި ނުކުތް އެ ރިސޯޓުގެ ދިވެހި މުވައްޒަފެއްގެ ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 8:43 ގައެވެ. ގެއްލިގެން ހޯދަމުން އަންނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުންޏެވެ. ”އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ދަނީ މަސައްކަތް ކުރަމުން” […]

ސަމާލުވޭ! ފޮޓޯތަކެއް ހުރިކަމަށް ބުނެ ފޮނުވާ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުން އިތުރުވެއްޖެ
Raajje

ސަމާލުވޭ! ފޮޓޯތަކެއް ހުރިކަމަށް ބުނެ ފޮނުވާ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުން އިތުރުވެއްޖެ

ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކުތައް ބޭނުންކޮށްގެން ޓެލެގްރާމް އެކައުންޓުތައް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މިފަދަ ހެކްކުރުންތަކުން ރައްކާތެރިވުމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް އިރުޝާދުދީ ހަނދާންކޮށްދެމުންނެވެ. ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކުތައް ބޭނުންކޮށްގެން ޓެލެގްރާމް އެކައުންޓުތައް ހެކްކުރުމުން ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އަންނަނިވި އިރުޝާދުތައް ދީފައެ...

ޑިންގީއެއްގައި ފުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ
Raajje

ޑިންގީއެއްގައި ފުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ގދ. ގައްދޫއިން ޑިންގީއެއްގައި ފުރި 75 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި އެ މީހާ ޚަބަރެއްނުވެގެން ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިއަދު ހަވީރު 17:05 ގައެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި ގެއްލިގެން ހޯދަމުންދާ ދޮށީ އުމުރުގެ މި މީހާ އަކީ 10 ޖުލައި 2025 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ޑިންގީއެއްގައި ގދ. ގައްދޫއިން ފުރައިގެން ގދ. ގަމަށް ދަތުރުކުރި މީހެކެވެ. މި ހާދިސާއާ ގުޅޭގޮތުން […]

ހުޅުމާލޭ ގުދަނެއްގައި ރޯވި ސަރަހައްދުގައި ބޯ ދުން ފެތުރޭތީ ފުލުުންގެ ހާއްސަ އިރުޝާދުތަކެއް
Raajje

ހުޅުމާލޭ ގުދަނެއްގައި ރޯވި ސަރަހައްދުގައި ބޯ ދުން ފެތުރޭތީ ފުލުުންގެ ހާއްސަ އިރުޝާދުތަކެއް

ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ހާއްސަ އިރުޝާދުތަކެއް ދީފިއެވެ. ރޯވެ އަނދަމުން ދަނީ ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހުންނަ އެންސިސްގެ ގުދަނެއްގައެވެ. އެތަނުގައި ރޯވި އަލިފާން އަދި ކޮންޓްރޯލެއް ނުވެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެތަނުގައި ރޯވެ ފެތުރެމުންދާ ދުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައިކަމަށެވެ. އެހެންކަމުން […]

ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޯވެއްޖެ
Raajje

ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ރޯވެފައި ވަނީ ހުޅުމާލެ ފޭސް 1، އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައެވެ. އެތަނުގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މިހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ އެތަނުގައި އަލިފާން ރޯވެގެން އެ މަޢުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ. މި ހާދިސާ އާއި ގުޅިގެން ނެ...

މިލަންދޫ ބައެއް ފުލުހުންގެ އެކައުންޓުތަކަށް ބޮޑު އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް
Thiladhunmathi News

މިލަންދޫ ބައެއް ފުލުހުންގެ އެކައުންޓުތަކަށް ބޮޑު އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

ށ.މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ބުނީ މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް އެ އިދާރާގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (PSC) އިން އަންނަނީ ތަހްގީގުކުރަމުންނެވެ. މި މައްސަލަ ތަހްގީގުކުރުމަށް މިކަމުގައި ޝާމިލްވާ ފުލުހުން މިވަގުތު ތިބީ މާލެއަ...

ލޯންޗެއް ކޮންޓްރޯލްނުވެ ތިނަދޫ ޖެޓީގައި ޖެހި 4 މީހަކަށް އަނިޔާވެއްޖެ
Raajje

ލޯންޗެއް ކޮންޓްރޯލްނުވެ ތިނަދޫ ޖެޓީގައި ޖެހި 4 މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫ ސިޓީ ފެރީ ޓާމިނަލް ޖެޓީ ކައިރި ކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީގައި ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު 13:50 ހާއިރުއެވެ. ފުލުހުޖް މައުލޫމާތުދިން ގޮތުގައި މި ލޯންޗުގައި ކެޕްޓަނާއި ފަޅުވެރިޔާގެ އިތުރުން، ބޮޑެތި ތިން މީހުންނާއި ތިން އަހަރުގެ ތުއްތު ކުއްޖަކާ އެކު ޖުމްލަ 6 މީހުން ދަތުރުކުރިއެވެ. މި ހާދިސާގައި […]

ޑްރަގްގެ ދެ މައްސަލައެއްގައި މާލެއާއި ކަމަދޫއިން ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގްގެ ދެ މައްސަލައެއްގައި މާލެއާއި ކަމަދޫއިން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ގުޅުންހުރި ދެ ވަކި މައްސަލައެއްގައި މާލެއިންނާއި ބ. ކަމަދޫއިން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ފުލުހުން މައުލޫމާތު ދިން ގޮތުގައި މާލޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން...

ވަގަށްނަގާފައިވާ 60،000ރ. ގެ ތަކެތި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި
Raajje

ވަގަށްނަގާފައިވާ 60،000ރ. ގެ ތަކެތި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި

މާލެ، މައްޗަންގޯޅި ގެއަކުން ވަގަށް ނަގާފައިވާ ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހޯދައި، އެ ތަކެތީގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ގެއްލިފައިވާ ތަކެތި ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. ފުލުހ...

338 ގްރާމްގެ މަސްތުވާތަކެއްޗާއި މަނާބޭހާއި އެކު ޒުވާނަކު ހައްޔަރުކޮށްފި
Raajje

338 ގްރާމްގެ މަސްތުވާތަކެއްޗާއި މަނާބޭހާއި އެކު ޒުވާނަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭހާއެކު 24 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހުއެވެ. ފުލުހުން ހައްޔަރުކޮށްފައިވާ ފަރާތަކީ ށ. ކޮމަންޑޫ / ސާތީ، ޙުސައިން ޝާނިމު (24 އަހަރު) އެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން، އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކުރުމުން، 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސ...

ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދު
Raajje

ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދު

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރަމުންދަނިކޮށް އެމީހާ ސަލާމަތްކޮށް، ކުށުގެ ވެށިން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ. ފުލުހުން އިއްޔެ ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި، ހިފަހައްޓައި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ، އައްޑޫ ސިޓީ، ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު (48އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. މާލ...

ދިވެއްސަކު ރަހީނުކޮށް އަނިޔާކުރަމުން ދަނިކޮށް ސަލާމަތްކޮށްފި
Raajje

ދިވެއްސަކު ރަހީނުކޮށް އަނިޔާކުރަމުން ދަނިކޮށް ސަލާމަތްކޮށްފި

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރަމުންދަނިކޮށް އެމީހާ ސަލާމަތްކޮށް، ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާލެއިން އެއްގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތަކަށް މީހަކު ހިފަހައްޓައި އަނިޔާކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ (2 ޖުލައި 2025) ގައި ހުށަހެޅުނުކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން، އަނިޔާ ކުރަމުން ދިޔަ މީހާ ހުރި ތަން ހޯދައި، މިއަދު (3 ޖުލައި 2025) ގައި އެ މީހާ ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން […]