ހުޅުމާލެއިން މާލެއަށް ދާ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށާއި، ސައިކަލްގެ ފަހަތުގައި އިން އިންޑިއާ އަންހެނަކަށެވެ.

Ad
rt

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެ ހެނދުނު 09:00 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭ މާލެއަށް ދާ ލޭންގެ 4 ލޭން ނިމޭ ހިސާބުގައެވެ.

އަނިޔާވި ދެ މީހުންގެ ތެރެއިން ސައިކަލް ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނާގެ ކަނާތު ކޮނޑު ހުޅު ނެއްޓި އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ސައިކަލްގެ ފަހަތުގައި އިން 22 އަހަރުގެ އިންޑިއާ އަންހެނާގެ ހަށިގަނޑުގެ އެކި ތަންތަނަށް މަށައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާވި ދެ މީހުންނަށްވެސް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުންގެ ބުނެފަވެއެވެ.