ހުޅުމާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:14 ހާއިރު އެވެ.

Ad
rt

މި މީހާ ފެނިފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުރި ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިންނެވެ. މަރުވެފައި އޮއްވާ ފެނުނު މީހަކީ ފިރިހެނެކެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ހަރަކާތްތެރިވާން ފަށާފައެވެ.

މި މަރުގެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުން އަންނައިރު، އެއީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަމަށް އަދި ސާފެއް ނުވެއެވެ.