ފްލައިދުބާއީގެ ފްލައިޓް ނުރައްކަލުން ސަލާމަތްކުރި ކެޕްޓަނަށާއި ކްރޫއިންނަށް ޔޫއޭއީގެ އެންމެ މަތީ ޝަރަފު
ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ބޯޓާއި ފަސިންޖަރުންގެ ފުރާނަ ސަލާމަތްކުރުމަށް ދެއްކި ހިތްވަރުގެ އަގުވަޒަންކޮށް، އިންޑިއާގެ ޕައިލެޓް ކެޕްޓަން ސްމިތު މަޗާރް އަދި ބޯޓުގެ ކްރޫއިންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޝަރަފުގެ އެވޯޑު އަރުވައިފިއެވެ. ސެޕްޓެމްބަރު 30 ގައި ހިނގި މި ހާދިސާގައި، ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނިކޮށްވެސް ކެޕްޓަން ސްމިތު ކޮކްޕިޓުގެ ދޮރު ހުޅުވުމުން، ކްރޫއިންނާއި ފަސިންޖަރުން ވަދެ ބޮޑު ކާރިސާއަކުން ބޯޓު ސަލާމަތްކުރި