ރައީސް "ޢީދު ހަވީރު 1446" ގައި ބައިވެރިވެވަޑައިގެންފި
ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރި “ޢީދު ހަވީރު 1446” ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ޢާއިލާ މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހަވީރު ސަލްޓަންޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ބޭއްވުނު މި ހަރަކާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން، އެމަނިކުފާނުގެ އިސްތިޤުބާލުގައި ސަންގު ފުމުމެއް އޮތެވެ. އޭގެފަހުން، ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން އެކި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތ...