ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢީދުގެ ސަލާން ކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:00 އިން 11:00 އަށް މުލީއާގޭގައެވެ.

Ad
rt

ޢީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް ޢީދުގެ ސަލާން ކުރުމަށްޓަކައި ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.

ރައީސް ދެކަނބަލުން ވަނީ އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް މި ސަލާމުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އެރުވިއެވެ.

ޚާއްޞަކޮށް ޢާއިލާތަކާއެކު ވީހާވެސް ގެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވެވަޑައިގަތުމަށްވެސް ރައީސްގެ ދެކަނބަލުން ވަނީ ދަޢުވަތު ފޮނުއްވިއެވެ.