މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި
Raajje

15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި

ރާއްޖޭގައި ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ހިނގާ މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލު ފާސްކޮށްފައި ވަނީ 05 ނޮވެންބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ […]

މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިޔާދަކުރައްވައިފި
Raajje

މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިޔާދަކުރައްވައިފި

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރެއްވި އެއް ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން އިޔާދަކޮށްދެއްވައިފިއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓު 27 އޮކްޓޯބަރުގައި މަޖިލީހުން ފ...

ޑިފޯލްޓް ކޮށްލުމަށް ޑިޒައިން ކޮށްފައި އޮތް އިގްތިސާދު ވަނީ ކޮޅަށް ޖެހިފައި: ރައީސް
Raajje

ޑިފޯލްޓް ކޮށްލުމަށް ޑިޒައިން ކޮށްފައި އޮތް އިގްތިސާދު ވަނީ ކޮޅަށް ޖެހިފައި: ރައީސް

އެމަނިކުފާނުގެ ސަރުކާރާ ޙަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށާއި، ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައިވާ ހާލަތެއްގައި ކަމަށާއި، ނަމަވެސް ސަރުކާރުގެ ތެރެއިންނާއި ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދު މިހާރު ކޮޅަށް ޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވ، އަމިއްލަ ކުންފުނިތަކާ ޙަވާލުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް...

އަމިއްލަ ކުންފުނި ތަކާއި 9 ދާއިރާއަކުން 206 މަޝްރޫއެއް ހަވާލުކޮށްފި
Raajje

އަމިއްލަ ކުންފުނި ތަކާއި 9 ދާއިރާއަކުން 206 މަޝްރޫއެއް ހަވާލުކޮށްފި

އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފުލާގައި، ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުގެ ދަށުން ދިވެހި 53 ކުންފުންޏަކާ ވަނީ މި މަޝްރޫޢުތައް ހަވާލުކޮށްފަ އެވެ. މި މަޝްރޫޢުތަކާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެ އެވެ. މަޝްރޫޢު ހަވާލުކުރެވުނު ދާއިރާތަކާއި ޢަދަދު: ތަޢުލީމީ ދާއިރާ: 31 މަޝްރޫޢު ޞިއްޙީ ދާއި...

އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް ލަހެއްނުވެ ފެށޭނެ: ރައީސް
Raajje

އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް ލަހެއްނުވެ ފެށޭނެ: ރައީސް

އައްޑޫގެ ތަރައްޤީއަށް އަމާޒުކޮށް، 1000 އެނދުގެ ބޮޑު އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ސަރަޙައްދުގެ ތަރައްޤީއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، އައްޑޫގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށާއި، އެ މަޝްރޫ...

ޝަންގްރިއްލާ މިއަހަރުގެ ފަހުކޮޅު ހުޅުވަނީ
Raajje

ޝަންގްރިއްލާ މިއަހަރުގެ ފަހުކޮޅު ހުޅުވަނީ

އައްޑޫ ސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ ދެއްވައިފިއެވެ. އެމަނިކުފާނު މި ފަދައިން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭ...

''އިޤްތިޞާދީ ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވުމަށް ރާއްޖެ ވަރުގަދަ މިލިޓަރީ ބާރަކަށްވުން ލާޒިމް''
Raajje

''އިޤްތިޞާދީ ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވުމަށް ރާއްޖެ ވަރުގަދަ މިލިޓަރީ ބާރަކަށްވުން ލާޒިމް''

ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވުމަށްޓަކައި، ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި އޮތުން ލާޒިމުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމް.އެން.ޑީ.އެފް. ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވުމަށް އައްޑޫސިޓީ ގަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ ބަޔާން އިއްވިއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ މަރުކަޒުތައް، ސްޓޭޝަންތައް ހަދާނެ ކަމަށް ދެންނެވި ކަމަށާއި، އެ...

ޤައުމީ ދިފާއީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުވައި ޚިދުމަތް ފަށައިފި
Raajje

ޤައުމީ ދިފާއީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުވައި ޚިދުމަތް ފަށައިފި

ޤައުމީ ދިފާޢީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން، އައްޑޫ ސިޓީގެ ގަމުގައި ޤާއިމުކޮށް، މިއަދު ރަސްމީކޮށް ޚިދުމަތް ފަށައިފިއެވެ. “ގަން އެއަރ ސްޓޭޝަން”ގެ ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. ގަން އެއަރ ސްޓޭޝަންގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ، “ގަން އެއަރ ސްޓޭޝަން” ގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، އެ ސްޓޭޝަންގައި ޑިޕްލޯއީކުރި އ...

''އައްޑޫ ބްރިޖު މަޝްރޫޢު އަންނަ އަހަރު ފެށުމަކީ އަމާޒު، ވައުދުވެފައިވާ މަޝްރޫޢުއެއް އެހެންތަނަކަށް ބަދަލެއް ނުކުރާނަން''
Raajje

''އައްޑޫ ބްރިޖު މަޝްރޫޢު އަންނަ އަހަރު ފެށުމަކީ އަމާޒު، ވައުދުވެފައިވާ މަޝްރޫޢުއެއް އެހެންތަނަކަށް ބަދަލެއް ނުކުރާނަން''

އެމަނިކުފާނު ރަށެއްގައި ހިންގުމަށް ވަޢުދުވެވަޑައިގެންފާ މަޝްރޫޢުއެއް އެހެންތަނަކަށް ބަދަލު ނުކުރަށްވާނެ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އައްޑޫ ބްރިޖު މަޝްރޫޢުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އައްޑޫގެ ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އައްޑޫ ބްރިޖަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މި މަޝްރޫޢުގެ ފުރިހަމަ...

މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި ޙަޤީޤީ މާނާގައި ފައިދާވާނެ ގޮތަށް: ރައީސް
Raajje

މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި ޙަޤީޤީ މާނާގައި ފައިދާވާނެ ގޮތަށް: ރައީސް

ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި، ޙަޤީޤީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އިޙްސާސްތަކާއި ވިންދު އެނގިވަޑައިގެންކަމަށެވެ. އަދި މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް...

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢު ހިމެނޭހެން އިތުރު މަޝްރޫޢުތަކެއް ފަށައިފި
Raajje

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢު ހިމެނޭހެން އިތުރު މަޝްރޫޢުތަކެއް ފަށައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފިއެވެ. އެގޮތުން، 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ. ފުވައްމުލަކު ސިޓީގައި ޤާއިމްކުރާ 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަ...

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ރަސްމީކޮށް ފަށައިފި
Raajje

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ރަސްމީކޮށް ފަށައިފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ފުވައްމުލަކު ހޮސްޕިޓަލްގައި މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. ނުހައްމަދު މުޢިއްޒު މިއަދު ފުވައްމުލަކު ސިޓީ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ މި ޒިޔާރަތުގެ ތެރެއިން ފުވައްމަލު ސިޓީގެ ވޭސްޓް މެނޭޖްނަންޓް ސެންޓަރުގެ މަސައްކަތް ފަށާފައިވާއިރު، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ ވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން އެ ސިޓީގައި މިއަދު ޑޮލަރު އޭޓީއެމެއްގެ ޚިދުމަތް ފަށާފައިވ...

އެންމެ ދެކުނުގެ ދެ ސިޓީ އަށް ރައީސް ފުރާވަޑައިގެންފި
Raajje

އެންމެ ދެކުނުގެ ދެ ސިޓީ އަށް ރައީސް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ހިމެނޭ ދަތުރުފުޅެކެވެ. މި ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. މި ދަތުރ...

އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް
Raajje

އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ނިންމަވައިފިއެވެ. މިކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 33/2025 މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ “އައްޑޫ” އަކީ “އައްޑޫ ސިޓީ” ކަމުގައި ކަނޑައެޅިފައިވާއިރު، “އައްޑޫ ސިޓީ” ގައި މިހާރު ހިމެނޭނީ...

ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި
Raajje

ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް 25 އޮކްޓޯބަރުގައި ވަނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގާފައެވެ. މި ވޯޓުގައި  ހުޅުދޫ އަދި މީދޫން ވޯޓުލީ މީހުންގެ މެޖޯރިޓީ ސިޓީ ކައުންސިލުން ވަކިވާށެވެ. ނަމަވެސް ފޭދޫގެ ބޮޑު މެޖޯރިޓީއަކުން ނިންމީ ސިޓީ ކައުންސިލްގައި […]